އުތުރުގެ އަތޮޅުތަކަށް މިރޭވެސް ބޯކޮށް ވާރޭވެހި، ކަނޑު ގަދަވެ، 50 މޭލަށް ވައިގަދަވާނެ

މާލެއިން އުތުރުގެ ހުރިހާ އަތޮޅަކަށް މޫސުން ގޮސްވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ރީނދޫ އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ. ރީނދޫ އެލާޓުގެ ވަގުތު އިތުރުކޮށްފައިވަނީ މިރޭ 11:30 ން މެންދަމު 3:30 އަށެވެ. އެލ...

13 May 2021 | 18:51

މާލެއިން އުތުރުގެ ހުރިހާ އަތޮޅަކަށް މޫސުން ގޮސްވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ރީނދޫ އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ.

ރީނދޫ އެލާޓުގެ ވަގުތު އިތުރުކޮށްފައިވަނީ މިރޭ 11:30 ން މެންދަމު 3:30 އަށެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ ކުރީ ވަގުތުތަކެކޭ އެއްގޮތަށް މިވަގުތުތަކުގައިވެސް އެ ސަރަހައްދުގެ ރަށްތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ބުނެ އެވެ.

އާންމުގޮތެއްގައި އެ ސަރަހައްދުގެ ރަށްތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ދެކުނު އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާ ކުރަނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް