ވިޑް-19 އަށް އިތުރު 1،216 މީހުން ޕޮސިޓިވް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލޭ ސިޓިން ޕޮސިޓިވްވެފައިވަނީ 1،013 މީހުންނެވެ. އަތޮޅުތެރެއިން 201 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން މިއަދު ޕޮސިޓިވް ވެފައިވަނީ އެންމެ މީހެކެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި ލިސްޓުގައި ހިމަނާފައިވާ މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދަކީ 836 ކަމަށެވެ. އަނެއް ޕޮސިޓިވް ކޭސްތަކަކީ އޭގެ ކުރީގެ ތާރީހުތަކުގައި ނަގާފައިވާ ސާމްޕަލްތަކެއް ކަމަށެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،500 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 13،784 މީހުންނަށެވެ، އޭގެ ތެރެއިން 259 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 27،428 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 87 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިދް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 41،308 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް