ކުރިނބީގައި އިންޑިއާގެ އަންހެން ޓީޗަރަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުރިނބީގައި އިންޑިއާއަށް ނިސްބަތްވާ އަންހެން ޓީޗަރަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބުރައީސް އަބްދުލްފައްތާހް އަބޫބަކުރު ވިދާޅުވީ ...

13 May 2021 | 16:26

ހދ. ކުރިނބީގައި އިންޑިއާއަށް ނިސްބަތްވާ އަންހެން ޓީޗަރަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބުރައީސް އަބްދުލްފައްތާހް އަބޫބަކުރު ވިދާޅުވީ އެމީހާ މޫދަށް ދިޔަކަމަށް ބެލެވި، ހަބަރެއް ނުވެގެން ހޯދަމުންދަނިކޮށް ފެނުނީ މަރުވެފައި އޮއްވާ ކަމަށެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ މިރޭ 8:30 ހާއިރު، ކުރިނބީ މާގަންމަގު (ހުޅަނގުކޮޅު) ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި އޮއްވައެވެ.

އެ ރަށު ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ އެ އަންހެން މީހާ ގެއިން ނުކުތީ ގައިގަ ބެޑުޝީޓެއް އޮޅައިގެން މިރޭ8:00 ހާއިރު ކަމަށްވެ އެވެ. އަދި އެ މަންޒަރު ފެނުނު މީހުން ވަނީ ސްކޫލް ޓީޗަރުންނާއި ކައުންސިލާއި ފުލުހުންނަށް އެކަން އަންގާފަ ކަމަށްވެ އެވެ.

އޭނާ މަރުވެގެން މޫދުކައިރީ ލައްގާފައި އޮތީ ބަރަހަނާ ހާލުގައި ކަމަށް މަންޒަރު ދުށް މީހުން މީޑިއާގައި ބުނެފައިވެ އެވެ.

އޭނާ މަރުވެފައި އޮތްވައި ފެނުުމުގެ ކުރިން ކަން ހިނގާދިޔަ ގޮތުން އެ ރަށު މީހުން ވަނީ އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަދެފައިވާ ކަމަށާއި އޭނާ ލިޔެފައިވާ ނޯޓެއް އެ ކޮޓާރީގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ނޯޓުގައި ލިޔެފައިވާ އެއްޗެހިން އޭނާ އާއިލީ މައްސަލަގަނޑެއްގެ ތެރޭގައި ހާސްވެގެން އުޅޭކަން އެނގިފައިވެ އެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް