ދިރާގާއެކު ޢީދު މޮމެންޓްސް ހިއްސާ ކޮށްލައިގެން ސެމްސަންގް ގެލެކްސީ އެސް 21+ އެއް ލިބުމުގެ ފުރުސަތު

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ތައާރަފުކޮށްފިއެވެ. އެގޮތުން، މި ކޮންޓެސްގައި ބައިވެރި ވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓަރ ގައި  #E...

13 May 2021 | 14:52

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ތައާރަފުކޮށްފިއެވެ. އެގޮތުން، މި ކޮންޓެސްގައި ބައިވެރި ވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓަރ ގައި  #EidMomentsMv މި ހޭޝްޓެގް ބޭނުން ކޮށްގެން ޢީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯޝެއަރ ކޮށްލާށެވެ.

މި ކޮންޓެސްގައި ބައިވެރިވާ ފަރާތްތަކުގެތެރެއިން 5 ނަސީބުވެރި ފަރާތެއް ހޮވަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ. އަދި ދެން ހޮވޭ ހަތަރު ފަރާތައް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލަ އެއް ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ.

ދިރާގުން މައުލޫމާތުދޭގޮތުގައި މި ކޮންޓެސްގައި ބައިވެރި ވެވޭނީ 13 މޭ 2021 އިން 16 މޭ 2021 ގެ 23:59 ގެ ނިޔަލަށެވެ.

"މިއަހަރުގެ ޢީދުވެސް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފާހަގަކުރަން ޖެހުނު ކަމުގައި ވިޔަސް، ޢީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިންވެސް  ޝާމިލު ވާނެ ކަމަށް ދިރާގުން އުންމީދު ކުރަމެވެ." ދިރާގުން ބުނެފައިވެއެވެ.

https://twitter.com/Dhiraagu/status/1392743862716702724

ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި މި ދަތި ދުވަސްތަކުން ވީހާވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރަމަށެވެ. ދިރާގުން އެދެނީ އެންމެހާ ދިވެހިންނަށް އުފާވެރި ފިޠުރު ޢީދު ދުވަހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް