އައްޒަ އާއި އީތަން ކިޔައިދިނީ ދެމައިން އެކުގައި ހޭދަކުރާ ހާއްސަ ވަގުތުތައް

'ޑްރާފްޓްސް ޖަރ' ގައި އައްޒަ އާއި އީތަން، އެމައިން އެކުގައި ހޭދަކުރާ ހާއްސަ ވަގުތުތަކުގެ ވާހަކަތައް ކިޔައިދީފިއެވެ. އެގޮތުން ދެމައިން އެކުގައި ކުރާހިތްވާ ހާއްސަ ކަންކަމުގެ ތެރޭގައި މޫދަށް ދިއުމާއި ކާރ...

13 May 2021 | 11:52

'ޑްރާފްޓްސް ޖަރ' ގައި އައްޒަ އާއި އީތަން، އެމައިން އެކުގައި ހޭދަކުރާ ހާއްސަ ވަގުތުތަކުގެ ވާހަކަތައް ކިޔައިދީފިއެވެ.

އެގޮތުން ދެމައިން އެކުގައި ކުރާހިތްވާ ހާއްސަ ކަންކަމުގެ ތެރޭގައި މޫދަށް ދިއުމާއި ކާރު ދުއްވަން ދިއުން ހިމެނެއެވެ. މީގެ އިތުރުން ރިމޯޓް ކާރު ދުއްވަން ދިއުމާއި ބައިސްކަލު ދުއްވަން ދިއުމަކީވެސް އީތަން އާއެކު ކުރާ ހިތްވާ ކަންތައް ކަމަށް އައްޒަ ބުނެއެވެ.

ހާއްސަ ވަގުތުކޮޅުތަކުގެ ތެރޭގައި އައްޒަ ފާހަގަކުރި ގޮތުގައި، މަސައްކަތް ނިންމާގައި ގެއަށް އަންނައިރު ވަރަސް ގިނަ ފަހަރު ރީތި ކާޑް ހަދާފައި 'އައި ލަވް ޔޫ މަމީ' ޖަހާފައި ހުންނަ ކަމަށާއި، އެއީ އައްޒައަށް ވަރަށް ހާއްސަކަމެއް ކަމަށް އައްޒަ ބުނެއެވެ.

ކާޑު ނެހެދޭ ދުވަހެއްނަމަ އޭގެ ބަދަލުގައި 'ހަގް' އެއް ދޭ ކަން އީތަން ހަނދާންކޮށްލަދިނެެވެ.

އަނެއްބަައި ދުވަސްދުވަހު އައްޒް ގެއަށް އަންނައިރު، އައްޒަ ސަޕްރައިޒް ކޮށްލަންވެގެން، އަމިއްލައަށް ފެންވަރާ ރީތިވެލައިގެން ހުރުމާއި، އެކި ކަންކަމުގައި އައްޒައަށް އެހީތެރިވެދޭ ކަމަކީ ދެމައިންނަށް ވެސް ހާއްސަ ވަގުތުތަކެއް ކަމުގައި އީތަން އާއި އައްޒަ ބުނެއެވެ.

އައްޒަ ދުރުގައި އުޅޭއިރު އީތަން އެންމެ ހަނދާންވަނީ އައްޒައާއެކު ކާ ގަޑިތަކާއި، މަޖާކުރާ ގަޑިތައް ކަމަށް އީތަން ބުނެއެވެ. ހާއްސަކޮށް ދެމައިން އަބަދުވެސް ޖޯކު ކިޔައި ހަދާތީ، ދެމައިން ދުރުގައި ތިބޭއިރު އެކަން ވަރަށް ހަނދާންވާ ވާހަކަ އައްޒަވެސް ފާހަގަކުރެއެވެ.

ދެމައިން ބަދިގޭގައިވެސް އެކި ކަންކަމުގައި އެއްކޮށް އުޅޭކަން އައްޒަ ފާހަގަކުރެއެވެ. އެގޮތުން އައްޒަ ބަދިގޭގައި އުޅޭވަގުތު ތަކުގައިވެސް، އިތުރު އެހީތެރިކަމެއް ބޭނުންވޭތޯ އަހައި، ވާވަރަކުން އީތަންވެސް ކަންކަމުގައި އެހީވެދޭތަކަން އައްޒަ ފާހަގަކޮށްލިއެވެ. އަދި ބިސްގަނޑު އެޅުމާއި ނޫޑްލިސް ކެއްކުން ފަދަ ކަންކަން އީތަން އަމިއްލައަށް ކޮށްލާކަމަށް އައްޒަ ބުނެއެވެ.

މީގެ އިތުރުންވެސް ދެމައިންގެ ލޯބި ވާހަކަތައް 'ޑްރާފްޓް ޖަރ' ގައި ކިޔައިދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް