ކޯވިޑް-19 ފެތުރޭތީ އަރާ ފޭބުން މަނާ ރަށްތަކުގެ އަދަދު 45 އަށް

ކޯވިޑް-19 ފެތުރޭތީ މީހުން އަރައި ފޭބުން މަނާކޮށް މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދު 45 އަށް އަރައިފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މި ރަށްރަށުގ...

13 May 2021 | 09:00

ކޯވިޑް-19 ފެތުރޭތީ މީހުން އަރައި ފޭބުން މަނާކޮށް މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ އަދަދު 45 އަށް އަރައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މި ރަށްރަށުގެ ކައުންސިލްތަކަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށްތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު އަދި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ގއ. ގެމަނަފުށި އެކަންޏެވެ. އިއްޔެ އަތޮޅު ދާންދޫ މޮނިިންގެ ހާލަތަށް ގެނެސްފައިވާއިރު މޮނިޓަރިންގެ ހާލަތުގައި އޮތީ އެ އަތޮޅުގެ މި ދެރަށް އެކަންޏެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ޅ. ނައިފަރެވެ. އެ ރަށުގައި އަދިވެސް ކޯވިޑް ކޮންޓްލޯން ނުވާއިރު މިހާތަނަށް އެ ރަށުން ކޯވިޑް ޖެހިގެން ތިން މީހަކު މަރުވެފައިވާއިރު މޮނިޓަރިންއަށް ލީފަހުން 500 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.

ކޯވިޑާއި ގުޅިގެން މާލެ ފިޔަވާ ހުރިހާ ސިޓީއެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. ކުޅުއްފުށީ ސިޓީ ފިޔަވާ މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ދަނީ ކޯވިޑް ކޮންޓްރޯކް ކުރުމަށް ހަވީރުން ފަތިހަށް ކާފިއު ހިންގަމުންނެވެ. ގދ. ތިނަދޫގައިވެސް ދަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގަމުންނެވެ.

އެންމެ ގިނަ ރަށްތަށް މޮނިޓަރިންއަށް ލާފައި އޮތީ ލ. އަތޮޅުގައި އެވެ. އެ އަތޮޅުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރޭގައި ވެރިރަށް ފޮނަދޫ، ގަން، އިސްދޫ، މާވަށް އަދި މާންދޫ އާއި ދަނބިިދޫ ހިމެނެ އެވެ. މީގެ ތެރެއިން ގަމުގައި ދަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގަމުންނެވެ.

ށ. އަތޮޅުން ވެރިރަށް ފުނަދޫ، ޅައިމަގު، ކަނޑިތީމު އަދި ގޮއިދޫ އޮތީ މޮނިޓަރިންގެ ހާލަތުގައިި އެވެ. ކ. އަތޮޅުން މޮނިޓަރިންގެ ހާލަތުގައި އޮތީ ވެރިރަށް ތުލުސްދޫ، މާފުށި، ކާށިދޫ، ގުޅި އަދި ހިންމަފުއްޓާއި ގުރައިދޫ އެވެ.

އއ. އަތޮޅުން އުކުޅަސް، މަތިވެރި، ހިމަންދޫ އާއި ވެރިރަށް ރަސްދޫ އަދި ފެރިދޫ މޮނިޓަރިންގެ ހާލަތުގައި އޮތް އިރު ހއ އަތޮޅުން މޮނިޓަރިންގެ ހާލަތުގައި އޮތީ ވެރިރަށް ދިއްދޫ އެވެ. އދ. އަތޮޅުން މާމިގިލީގައި ކޯވިޑް ކޮންޓްރޯލް ކުރަން ކާފިއު ހިންގަމުންދާއިރު އެ އަތޮޅުގެވެސް ވެރިރަށް މަހިބަދޫ އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އަދި އދ. ފެންފުށިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ފ. އަތޮޅުން ފީއަލި މޮނިޓަރިންގެ ހާލަތުގައި އޮތް އިރު ވެރިރަށް ނިލަންދޫގައި ދަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގަމުންނެވެ. މީގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ ތެރޭގައި ނ. ވެލިދޫ، ރ. ހުޅުދުއްފާރު ގދ. ގައްދޫ، ބ. ތުޅާދޫ އާއި އޭދަފުށީ، އަދި ތ. ވޭމަންޑޫ އާއި މަޑިފުށި، ދ. ކުޑަހުވަދޫ، ވ. ފުލިދޫ، ޅ. ހިންނަވަރު އޮތީ މޮނިޓަރިންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް