އާކްގެ ފިތުރު އީދު ޕްރޮގްރާމަށް ދިރާގުން އެހީވެއްޖެ

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ ފިތުރު އީދު ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ދިރާގުން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ކޯވިޑްގެ މިހާލަތުގައި އެންމެ ބޭނުން ޖެހިފައި ...

13 May 2021 | 07:41

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ ފިތުރު އީދު ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ކޯވިޑްގެ މިހާލަތުގައި އެންމެ ބޭނުން ޖެހިފައި ތިބި 40 އާއިލާ އެއްގެ 75 ކުއްޖަކަށް އާކް އާއި ގުޅިގެން ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. އާކް އެއިޑްގެ ދަށުން މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭ ކުރިއަށްގެންދިޔަ ޕްރޮގްރާމަށް ވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އާކް އެއިޑް ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ކާބޯތަކެތީގެ ތެރޭގައި ހަނޑޫ، ފުށް، މުގު، ކިރު އަދި މަސްދަޅާއި ބިސް އަދި ދަޅުގައި ބަންދުކުރި ތަރުކާރީ ހިމެނެ އެވެ.

އާކްގެ ޕާޓްނަރުންނާއި ޑޯނަރުންގެ އެހީތެރިކަމާ އެކު ފާއިތުވި އަހަރެއްގެތެރޭގައި އެ ޖަމްއިއްޔާ އިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި 1،800 އަށް ވުރެ ގިނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ދިރާގުން ބުނީ ކޯވިޑުގެ މި ބަލިމަޑުކަމުގެ ސަބަބުން މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ. މިއީ އާކް އެއިޑް ޕްރޮގްރާމުން އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓުގެ ދަށުން ވެދިން އެހީތެރިކަމެއް ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް