އީދު ހުތުބާ އަމާޒުކޮށްފައިވަނީ ޓެރަރިޒަމް ހަމަލާ އާއި އިސްލާމީ އަގީދާއަށް

އިސްލާމީ އަގީދާއަކީ އެންމެހާ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ތަނބު ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އީދު ނަމާދު މިސްކިތުގައި...

13 May 2021 | 05:55

އިސްލާމީ އަގީދާއަކީ އެންމެހާ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ތަނބު ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އީދު ނަމާދު މިސްކިތުގައި ޖަމާއަތުގައި ނުކުރަނީ މާލޭ ސިޓީ އާއި ފުވައްމުލަކު ސިޓީގައި އެކަންޏެވެ.

މިއަދުގެ އީދު ހުތުބާގައި ބުނެފައިވަނީ އެ އަގީދާ ފުނޑުފުނޑުކޮށްލުމަށްޓަކައި ފިކުރީ ގޮތުން އެތަކެއް މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ރައްކާތެރިވާން ޖެހޭ ކަމަށް ވެސް ބުންޏެވެ.

ޓެރަރިޒަމް އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެމީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ހުތުބާގައިވެ އެވެ. އެހެން ނޫންނަމަ މުޖުތަމައު ނާމާންވެ، ބިރުވެރިކަން އާއްމުވެދާނެ ކަމަށެވެ.

މުސްލިމުން މިއަދު އީދުގެ އުފާ ހާސިލުކުރަމުން އަންނަ އިރު، ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަވެރި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. ނިމިދިޔަ ރޯދު މަހު ދެއްކި އީމާންތެރިކަމުގެ މަތިވެރި ނަމޫނާގެ މަތީގައި ނަމާދާއި އެހެނިހެން އަޅުކަންތަކަށް ފަރުވާތެރިވީ ފަދައިން، އެ މަހަށް ފަހުވެސް ފަރުވާތެރިވުމަށް ވަސިއްޔަތްކޮށްފައެވެ.

މީގެ އިތުރުން ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކޮށް، އަނބީންނަށް އޯގާތެރިވުމަށްވެސް ހުތުބާގައި ވަސިއްޔަތްކޮށްފައިވެއެވެ. ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ކިޔަމަންވުމަށްވެސް އީދު ހުތުބާގައި އިލްތިމާސް ކޮށްފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް