ރާއްޖޭގައި ކޮވިޑްއިން ރަނގަޅުވި މީހުންގެ އަދަދު 27 ހާހަށް އަރައިފިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެގޮތުން މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޝިފާ ލިބުނު މީހުންގެ އަދަދަކީ27،123 އެވެ. އެހެންކަމުން އިއްޔެ އެކަނިވެސް328 މީހުން ރާއްޖެއިން ކޮވިޑަށް ޝިފާލިބިފައި ވާނެއެވެ.
އަދި އޭގެ ކުރީދުވަހު 248 މީީހުން ކޮވިޑް އިން ރަނގަޅު ވެފައިވާނެ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި މަހުގެ 10 ވަނަ ދުވަހު ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދަކީވެސް 248 އެވެ.
މި މަހުގެ9 ވަނަ ދުވަހު މި އަދަދު އުޅެނީ307 ގައެވެ.
ރާއްޖެއިން ގިނަ ބަޔަކު ކޮވިޑް އިން ޝިފާ ލިބެމުން ދާ ނަމަވެސް، މި ފަހަކަށް އަހިސް ކޮވިޑަށް ފައްސިވާ އަދަދު މިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.
އެގޮތުން އިއްޔެ ރާއްޖެއިން 1،572 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. މިއީ މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް އެންމެ ގިނަމީހުން ޕޮސިޓިވްވި ދުވަހެވެ.
އެއީ މާލޭ ސިޓިން ފައްސި ވެފައިވަނީ1،315 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 242 މީހުންގެ އިތުރުން ރިސޯޓުތަކުން ފައްސިވި 15 މީހެކެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ ފައްސިވި ލިސްޓުގައި ހިމަނާފައިވާ މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދަކީ 844 ކަމަށެވެ. އަނެއް ފައްސިވި ކޭސްތަކަކީ އޭގެ ކުރީގެ ތާރީހުތަކުގައި ނަގާފައިވާ ސާމްޕަލްތަކެއް ކަމަށެވެ.
އެއް ދުހަކަށް ބަލައިފިނަމަ844 އެއީވެސް ބޮޑު އަދަދެކެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އެންމެންގެވެސް އުންމީދަކަށް ވާނީ، މި ނަންބަރުތައް ތިރިވެ، ކޮވިޑުން މިންޖު ވެވުމެވެ. އުންމީދަކީ މިރޭގެ އަދަދުތަކުގައި، ފައްސިވާ މީހުން މަދުވެ، ރަނގަޅުވާ މީހުން ގިނަވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް