ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. ރައްޖޭގެ މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މިއަދުގެ04:00 އިން ފެށިގެން08:00 އަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭވެހި، ގުގުރުން...

12 May 2021 | 23:42

ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރައްޖޭގެ މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި މިއަދުގެ04:00 އިން ފެށިގެން08:00 އަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެއެވެ.

https://twitter.com/MetMaldives/status/1392616543683432449

އަދި ގަޑިއަކު25 މޭލާ30 މޭލާ ދެމެދުގެ ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރާއިރު، ވިލާގަނޑުގައި55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން އިއްޔެވެސް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ރީނދޫ ސަމާލު ނެެރެފައެވެ. އަދި ބައެއް ސަރަހައްދުތަކަށް އޮރެންޖް ސަމާލުވެސް ނެރެފައިވެއެވެ.

މިހާރު ރާއްޖެއަށް ވިއްސާރައާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިލްތިމާސްކޮށްފައި ވެއެވެ.

މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުންވެސްވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑު ދަތުރަށް ނިކުން އުޅަނދުތަކުން ޚާއްސަ ސަމާލްކަމެއް ދިނުމަށްވަނީ އެދިފައެވެ.

އެގޮތުން ކަނޑުމައްޗަށް ނިކުންނައިރު މުސުމާބެހޭ މަޢުލޫމާތު ހޯދުމާއި، ދަތުރާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމާ، އުޅަނދުގައި ލައިފްޖެކެޓާ، މުއާސަލާތީ ވަސީލަތް ހަމަތޯ ޗެކް ކުރުމާ، ދިޔަ ހިއްކޭނެ ގޮތެއް ހުރިކަން ކަށަވަރުކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށްވަނީ އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް