ފަތުރުވެރިއަކު ގެނބި، ހާލު ދެރަވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ، މޫދަށް ގެނބި ހާލު ދެރަވެފައި ވަނީ ކ. އަކިރިފުށީގައި ހުރި، އުމުރުން37 އަހަރުގެ ފިރިހެން ފަތުރުވެރިއަކަށް ކަމަށެވެ.
އިތުރު ފަރުވާއަށް އެ ފަތުރުވެރިޔާ މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސީ އެމްބިއުލާންސް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
https://twitter.com/MNDF_Official/status/1392615658756526080
މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ ދަންވަރު02:13 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އަވަސް ފަރުވާއަށް މާލެ ގެނައުމަށް އެދިފައި ވަނީ ފަތުރުވެރިޔާއަށް ނޭވާލުމަށް އުނދަގޫވާތީ، އަވަސް ފަރުވާ ދިނުމަށްކަމަށް ރިސޯޓްގެ މެނޭޖްމަންޓް އިން ބުނެއެވެ.
ތަފްސީލު އަންނަނީ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް