ގޭގައި ޢީދު ނަމާދުކުރާނެ ގޮތް އެނގޭތަ؟

ގޭގައި ވެސް ޢީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައިވެސް ޢީދު ނަމާދު ކުރާ ފަދައިންނެވެ. ނަމަވެސް ޢީދު ނަމާދުގެ ޚުތުބާއަކީ ޙާކިމާގެ އަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަ...

12 May 2021 | 19:48

ގޭގައި ވެސް ޢީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައިވެސް ޢީދު ނަމާދު ކުރާ ފަދައިންނެވެ. ނަމަވެސް ޢީދު ނަމާދުގެ ޚުތުބާއަކީ ޙާކިމާގެ އަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި ޢީދު ނަމާދު ކުރާއިރު ޚުތުބާ އެއް ނޯންނާނެއެވެ. އަދި މި ނަމާދު ކުރާނީ ބަންގި ގޮވުމާއި ޤަމަތް ދިނުމަކާނުލައެވެ. ގޭގައި ޢީދު ނަމާދު އެކަނިވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާޢަތް ހަދައިގެން ކުރުން އައުލާކަން ބޮޑުވެގެންވެއެވެ.

ގޭގައި ޢީދު ނަމާދު ކުރާއިރު ޢަމަލުކުރާނެ ގޮތް

  • ޢީދު ނަމާދަށް ނިޔަތްގަނެ ހަށަންބަތް ތަކްބީރު ކިޔައި ހަށަންބަނދެ، ދުޢާއުލް އިސްތިފްތާޙް ކިޔުން.
  • ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން 7 ތަކްބީރު ކިޔުން، ކޮންމެ ތަކްބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން.
  • އެއަށްފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އަޢުލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • އެއަށްފަހު އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކުޢަތް ފުރިހަމަ ކުރުމަށްފަހު ދެވަނަ ރަކުޢަތަށް ތެދުވުން.
  • ދެވަނަ ރަކުޢަތަށް ތެދުވަމުން ކިޔާ ތަކުބީރުގެ އިތުރުން ވިދިވިދިގެން 5 ތަކުބީރު ކިޔުން، ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން.
  • ދެވަނަ ރަކުއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސުރަތުލް އާޝިޔާ، ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • ދެވަނަ ރަކުޢަތް ފުރިހަމަކޮށް، އައްތަހިއްޔާތު ކިޔުމަށްފަހު ސަލާމްދިނުން.

މަޢުލޫމާތު: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް