އެމްއެމްޕީއާރްސީ ފައިސާގައި ޖެހުނު ނަމަ ޖަލު ގޮޅީގައި އޮތް އިރު ސުވާލު ކުރާނެ: ޝުމްބާ

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގައި ޖެހުނު ނަމަ ޖަލު ގޮޅީގައި އޮތް އިރު ސުވާލު ކުރާނެ ކަމަށް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ބުނެފިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ލ...

12 May 2021 | 19:35

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގައި ޖެހުނު ނަމަ ޖަލު ގޮޅީގައި އޮތް އިރު ސުވާލު ކުރާނެ ކަމަށް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ލިސްޓު މިއަދު ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައި ވާއިރު، އޭގައި ޝުމްބާގެ ނަންވެސް އޮތެވެ. އެއަށް އިންކާރުކޮށް ޝުމްބާ ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައި ނޯންނާނެ ކަމަށެވެ.

https://twitter.com/ShumbaGong/status/1392487478842462210

އެ ފައިސާގައި އޭނާ ޖެހިފައި އޮތްނަމަ، ދައުލަތުން އޭނާ ލަންކާއިން ރަހީނުކޮށްގެން ގެނެސް ތިން އަހަރު ކުޑަ ގޮޅީ، ޖަލުގައި ޓޯޗަރ ކުރި އިރު ސުވާލު ކުރާނެކަމަށް ޝުމްބާ ބުނެއެވެ.

ނަމަވެސް މިއަދާ ހަމައަށްވެސް ސުވާލު ނުކޮށް، އެކަން އޮތީ އިންފޮމޭޝަން ކަލެކްޝަންގައި ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

" ބްރެކެޓްގައި ވަނަން ޖަހާ، ލިސްޓްގައި ހިމެނީ އަގު ވައްޓާލަން" ޝުމްބާ ބުނެފައި ވެއެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގަ ސްރީލަންކާގައި ހުއްޓައި އެ ގައުމުގެ ފުލުހުން މެދުވެރިކޮށް ޝުމްބާ ހައްޔަރު ކުރީ 2015 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް