ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނު ފުރަތަމަ ފަހަރަށް އަމިއްލަފުޅަށް ޓުވީޓުކުރައްވައި އާންމުނަށް މެސެޖެއް ދެއްވައިފިއެވެ.
މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ މާލޭގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށް ފަހު އޭޑީކޭގައި ފަރުވާހޯއްދަވަމުންގެންދަވާ ރައީސް ނަޝީދު ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓުވީޓުގައި އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރެއްވީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށެވެ.
https://twitter.com/MohamedNasheed/status/1392527565890342913?
އެމަނިކުފާނު ވަނީ ރައްޔިތުން އެދޭ ހެޔޮ ވެރިކަން ހޯދައިދިނުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް އިތުރު ފަރުވާ ހޯއްދެވުމަށް މި މަހުގެ 13 ވަނަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެމަނިކުފާނު ފުރާވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަރ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަރ ފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް