ވިއްސާރައާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި!

މިހާރު ރާއްޖެއަށް ވިއްސާރައާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ. އެންޑީއެމްއިން ކުރި ޓްވީޓެއްގައި ވަނީ މި ގޮތުން ރައްކާތެރިވު...

12 May 2021 | 19:01

މިހާރު ރާއްޖެއަށް ވިއްސާރައާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއިން ކުރި ޓްވީޓެއްގައި ވަނީ މި ގޮތުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ހިއްސާކޮށްފައެވެ.

އެ ގޮތުން ވާރޭ ވެހި ފެންބޮށު ވެދާނެ ކަމަށް ތައްތާރު ވުމާއި، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އެ ސެންޓަރުން އިރުޝާދުދެއްވާފައެވެ އަދި ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވެދާނެ ނުވަތަ ހަލާކުވެދާނެ ތަކެތި އުސް ތަންތަނަށް ބަދަލުކުރުމާއި ގަދަވައިގެ ސަބަބުން އެއްލައިލާނެ ފަދަ ތަކެތި ހައްޔަތުކުރުމަށް ވެސް އެ ސެންޓަރުން އިރުޝާދު ދެއެވެ.

https://twitter.com/NDMAmv/status/1392524810383548418

މީގެ އިތުރުން ވެސް މުހިންމު ބައެއް ކަންކަން އެ ޓްވީޓްގައި ފާހަގަކޮށްފައި ވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިހާރުވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖް އެލަރޓް ނެރެފައެވެ. އަދި ހއ. އަތޮޅުން ފެށިގެން ތ.އަތޮޅާ ހިސާބާށް ޔެލޯ އެލަރޓް ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މިރޭ މިދެސިޓީއަށް އޮރެންޖް އެލަރޓް ނެރެފައެވެ. މިރޭ މި ސަރަހައްދަށް ބޯކޮށްވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަ ވާނެކަމަށް މެޓު އޮފީހުންވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިރޭގެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.

މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް ޢާއްމުގޮތެއްގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 8 ފޫޓާ ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ވިދާޅުވެއެވެ.

މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ކަނޑުގެ ބާނިތައް ބޮޑުވުމުން ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާކަމަށެވެ.

މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުންވެސްވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑު ދަތުރަށް ނިކުން އުޅަނދުތަކުން ޚާއްސަ ސަމާލްކަމެއް ދިނުމަށްވަނީ އެދިފައެވެ.

އެގޮތުން ކަނޑުމައްޗަށް ނިކުންނައިރު މުސުމާބެހޭ މަޢުލޫމާތު ހޯދުމާއި، ދަތުރާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމާ، އުޅަނދުގައި ލައިފްޖެކެޓާ، މުއާސަލާތީ ވަސީލަތް ހަމަތޯ ޗެކް ކުރުމާ، ދިޔަ ހިއްކޭނެ ގޮތެއް ހުރިކަން ކަށަވަރުކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށްވަނީ އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް