އަމިއްލަ ގޮތުން އިންތިހާބުވި ކެންޑިޑޭޓަކު އެމްޑީޕީއަށް ސޮއިކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ގދ. ވާދޫ ރަށު ކައުންސިލަށް އިންތިހާބުވެވަޑައިގެންފައިވާ ކެންޑިޑޭޓު އަބްދުﷲ ރުޝްދީ އިދިކޮޅު އެމްޑީޕީއަށް ސޮއިކޮށްފި އެވެ. އެ ކައުންސ...

13 May 2017 | 14:46

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ ގދ. ވާދޫ ރަށު ކައުންސިލަށް އިންތިހާބުވެވަޑައިގެންފައިވާ ކެންޑިޑޭޓު އަބްދުﷲ ރުޝްދީ އިދިކޮޅު އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

އެ ކައުންސިލަށް ދެން އިންތިހާބުވެވަޑައިގެންފައިވަނީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނެވެ.

ރުޝްދީ އެމްޑީޕީއަށް ސޮއި ކޮށްފައިވަނީ ރޭގަ އެވެ. އޭނާ މިއަދު ބުނެފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ ސަރުކާރުން ކަންތައްތައް ކުރަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގތުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރެއްވި ބޭފުޅުންގެ ތެރެއިން 100 އަށްވުރެ ގިނަ ގޮނޑި ވަނީ އެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފައި އެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕުން އިންތިހާބަށް ފަހު ބުނެފައިވަނީ އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުވެފައިވާ ގިނަ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ މެންބަރުން ކަމަށެވެ.

އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އަމިއްލަ ގޮތުން އިންތިހާބުވި އެ ޕާޓީގެ މެންބަރުން ލަހެއް ނުވެ ޕީޕީއެމް އާއި ގުޅީވައިގަންނަވަން ފައްޓާނެ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރި ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް