މިހާތަނަށް ދެ ކައުންސިލެއްގައި އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަންޖެހޭ

މިހާތަނަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ކައުންސިލެއްގައި ދެ ވަނަ ބުރު ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އިންތިހާބުގެ ދެ...

13 May 2017 | 10:11

މިހާތަނަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ކައުންސިލެއްގައި ދެ ވަނަ ބުރު ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުގެ ދެވަނަ ބުރު ބާއްވަންޖެހެނީ ހދ. ކުރިނބީ ކައުންސިލާއި ށ. ކޮމަންޑޫ ކައުންސިލްގެ އެވެ. އެ ދެ ރަށު ކައުންސިލްގައި ދެ ވަނަ ބުރު ބާއްވަނީ ތިން ވަނަ ކައުންސިލަރަކު ހޮވުމަށެވެ.

މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ހދ. ކުރިނބީ ކައުންސިލަށް ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމްޑިޕީގެ ކެންޑިޑޭޓު މުހައްމަދު ޝާފީ، އަހުމަދު މުޖުތަބާ އަދި ޕީޕިއެމްގެ ކެންޑިޑޭޓު އިސްމާއިލް އާސިފްގެ ވޯޓު ވަނީ އެއްވަރުވެފައި އެވެ. އެ ތިން ކެންޑިޑޭޓުންނަށް ލިބިފައިވަނީ 218 ވޯޓެވެ.

ށ. ކޮމަންޑޫ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ވޯޓު އެއްވަރުވީ އެމްޑީޕީގެ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރިފްއަތު އަދި މުހައްމަދު އާރިފު އެވެ. އެ ދެ ކެންޑިޑޭޓުން ލިބިފައިވަނީ 518 ވޯޓެވެ.

މި ދެ ކައުންސިލްގައި ދެ ވަނަ ބުރު ބާއްވަންޖެހޭކަމަށް އިލެކްޝަނުން ބުނި ނަމަވެސް ދެވަނަ ބުރު ބާއްވާނީ ހުރިހާ ކައުންސިލެއްގެ ނަތީޖާ އިއުލާނުކޮށް ނިމުމުން އެއް ދުވަހެއްގައި އެވެ. އެކަމަކު ދެވަނަ ބުރެއް ބާއްވަންޖެހޭ ކައުންސިލްތަކުގައި އިންތިހާބު ބާއްވާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް