އުރީދޫ ހިއްސާ އޮންލައިންކޮށް ބައްލަވައިގަނެވޭނެ ގޮތް، މިކަމަށް ހޭދަވާނީ އެންމެ ފަސް މިނެޓް

އުރީދޫގެ ހިއްސާ އޮންލައިންކޮށް ބައްލަވައިގަތުމަށް ހިޔާރު ކުރައްވާން ޖެހިވަޑައިގަންނަވާނީ މޯލްޑިވްސް ސެކިއުރިޓީސް އެންޑް ޑިޕޮސިޓަރީސްގެ އޮންލައިން ޕްލެޓްފޯމް އިންފިނިޓީ އެވެ. އިންފިނިޓީ ޕްލެޓްފޯމްގެ ވެ...

13 May 2017 | 09:21

އުރީދޫގެ ހިއްސާ އޮންލައިންކޮށް ބައްލަވައިގަތުމަށް ހިޔާރު ކުރައްވާން ޖެހިވަޑައިގަންނަވާނީ މޯލްޑިވްސް ސެކިއުރިޓީސް އެންޑް ޑިޕޮސިޓަރީސްގެ އޮންލައިން ޕްލެޓްފޯމް އިންފިނިޓީ އެވެ. އިންފިނިޓީ ޕްލެޓްފޯމްގެ ވެބް އެޑްރެސް އަކީ http://infinity.depository.mv  އެވެ.

އިންފިނިޓީގައި ރަޖިސްޓްރީ ވުމަށް

  1. އިންފިނިޓީ ޕްލެޓްފޯމްގެ ފުރަތަމަ ސަފްހާއިން ފެންނަ "new to infinity? Create an id here" މި ބަޓަން އަށް ކްލިކް ކޮށްލުން.
  2. ދެން އަންނަ ސްކްރީންގައި އައިޑީ ކާޑު ނަމްބަރު ނުވަތަ ޕާސްޕޯޓް ނަމްބަރު ޖެއްސެވުން އަދި އެއަށްފަހު މޯބައިލް ނަމްބަރު ޖެއްސެވުމަށްފަހު އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު "sign me up" މި ބަޓަން އަށް ކްލިކް ކޮށްލުން
  3. ކުޑަ އިރުކޮޅެއްގެ ތެރޭގައި ފޯނަށް ކޯޑެއް ލިބިވަޑައިގަންނަވާނެ، އެ ކޯޑް ޖެހޭނީ ދެން އަންނަ ސްކްރީންގެ ޓޯކަން ފީލްޑްގައި އެންޓަރ ކުރައްވަން، އަދި އެއަށްފަހު "verify" ބަޓަން އަށް ކްލިކް ކޮށްލުން
  4. ދެން އަންނަ ސްކްރީންގައި ޔޫޒަރ ނޭމް އަދި ޕާސްވޯޑް އަދި ތަކުރާރުކޮށް ޕާސްވޯޑް ޖެއްސެވުމަށްފަހު "save" ބަޓަން އަށް ކްލިކް ކޮށްލުން
  5. އެހިސާބުން "Dipository" އެކައުންޓް ހުޅުވުމަށް މެސެޖް ބޮކްސް އެއް ފެނިވަޑައިގަންނަވާނެ އެ މެސެޖް ބޮކްސް އިން "open an account" ބަޓަން އަށް ކްލިކް ކޮށްލުން
  6. ދެން އަންނަ ސްކްރީންގައި ތިޔަ ފަރާތުގެ މައުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު ކަނާތް ފަރާތުން ތިރީ ކަނުގައިވާ "continue" ބަޓަން އަށް ކްލިކް ކޮށްލުން
  7. ދެން އަންނަ ސްކްރީންގައި ކޮންޓެކްޓް އިންފޮމޭޝަން ފުރިހަމަ ކުރެއްވުމަށްފަހު ކަނާތް ފަރާތުން ތިރީ ކަނުގައިވާ "continue" ބަޓަން އަށް ކްލިކް ކޮށްލުން
  8. ދެން އަންނަ ސްކްރީންގައި ބޭންކިންގް އިންފޮމޭޝަން ފުރިހަމަ ކުރެއްވުމަށްފަހު ކަނާތް ފަރާތުން ތިރީ ކަނުގައިވާ "continue" ބަޓަން އަށް ކްލިކް ކޮށްލުން
  9. ދެން އަންނަ ސްކްރީނުން ފެނިވަޑައިގަންނަވާނީ ކުރިން އެންޓަރ ކޮށްފައިވާ މައުލޫމާތު ތަކެކެވެ. ހުރިހާ މައުލޫމާތެއް ފުރިހަމަ ނަމަ މި ސްކްރީންގެ އެންމެ ތިރީގައިވާ "I hereby agree that all above information are valid" މި ލިޔުންކޮޅު ކައިރީގައިވާ ގޮޅީގައި ޓިކް ކޮށްލުމަށްފަހު ކަނާތުން ތިރީ ކަނުގައިވާ "continue" ބަޓަން އަށް ކްލިކް ކޮށްލުން
  10. ދެން އަންނަ ސްކްރީންގައިވާ ކޮންސެންޓް ކިޔުމަށްފަހު އެ ސްކްރީންގައިވާ ތިން ގޮޅީގައި ޓިކް ކުރުމަށްފަހު ކަނާތް ފަރާތުން ތިރީ ކަނުގައިވާ "continue" ބަޓަން އަށް ކްލިކް ކޮށްލުން
  11. ދެން އަންނަ ސްކްރީންގައިވާ "continue to subscription" ބަޓަން އަށް ކްލިކް ކޮށްލުން

ލޮގިން ވުމަށްފަހު ހިއްސާ ބައްލަވައިގެނެވޭނެ ގޮތް

  1. http://infinity.depository.mv ގެ ފުރަތަމަ ސަފްހާގައިވާ ލޮގިން ފޯމްގައި ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެއްސެވުމަށްފަހު "ލޮގިން" މި ބަޓަން އަށް ކްލިކް ކޮށްލުން
  2. ލޮގިން ވުމަށްފަހު ޑޭޝްބޯޑްގެ ވާތް ފަރާތުން "public offerings" އަށް ކްލިކް ކޮށްލުން
  3. އުރީދޫ މޯލްޑިވްސްގެ ލޯގޯގެ ތިރީގައިވާ "buy now" އަށް ކްލިކް ކޮށްލުން
  4. ދެން އަންނަ ސްކްރީންގައި އަމިއްލަ ބޭނުމަށް އަދި އެހެން ފަރާތަކަށް ހިއްސާ ގަނެދިނުދިނުމުގެ ފުރުސަތު ފެނިގެންދާނެ، ބައްލަވައިގަންނަވަނީ އަމިއްލަ ބޭނުމަށް ކަމުގައިވާނަމަ "for myself" ބަޓަން އަށް ކްލިކް ކޮށްލުން
  5. ދެން އަންނަ ސްކްރީންގައިގާ ވާތްފަރާތުން ފުރަތަމަ ގޮޅީގައި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ހިއްސާގެ އަދަދު ޖެއްސެވުން (އެންމެ މަދުން ބައްލަވައިގެންނެވޭނީ 50 ހިއްސާ) އަދި އެއަށްފަހު "continue" ބަޓަން އަށް ކްލިކް ކޮށްލުން
  6. ދެން އަންނަ ސްކްރީންގައިވާ ތިން ގޮޅީގައި ޓިކް ކުރުމަށްފަހު ފައިސާ ދައްކާނެ ގޮތް ހިޔާރު ކުރުން، އުރީދޫ އެމްފައިސާ އަދި ބީއެމްއެލްގެ އީ ޕޯޓަލް މެދުވެރިކޮށްވެސް ވަގުތުން ފައިސާ ދެއްކި ދާނެ. ފައިސާ ދައްކާނެ ގޮތް ހިޔާރު ކުރުމަށްފަހު "proceed to make payment" ބަޓަން އަށް ކްލިކް ކޮށްލުން.
  7. ޕޭމަންޓް ކާމިޔާބު ނަމަ ދެން ފެންނަ ސްކްރީނުން މެސެޖްބޮކްސް އެއް ފެނިވަޑައިގަންނަވާނެ އަދި ރިސީޕްޓް މެއިލް އަށް ލިބިވަޑައިގަންނަވާނެ.

ހިއްސާ ބައްލަވައިގަންނަވަނީ އެހެން މީހަކަށް ނަމަ

  1. "for some one else" މި ބަޓަން ހިޔާރު ކުރުމަށްފަހު ދެން ފެންނަ ސްކްރީންގައި އެ ފަރާތެއްގެ އައިޑީ ކާޑު ނަމްބަރު ޖެއްސެވުމަށްފަހު ބައްލަވައިގަންނަވަން ބޭނުންފުޅުވާ ހިއްސާގެ އަދަދު ފުރިހަމަ ކުރެއްވުމަށްފަހު "continue" މި ބަޓަން އަށް ކްލިކް ކޮށްލުން
  2. ދެން އަންނަ ސްކްރީނުން ފެންނަ "power of attorney" ގޮޅިއަށް، ހިއްސާ ގަނެދޭން އުޅޭ ފަރާތާއި ތިބާއާއި ހުންނަ ގުޅުން ހާމަކޮށްދޭ ލިޔުމެއް އަޕްލޯޑް ކުރައްވަން ޖެހިވަޑައިގަންނަވާނެ.
  3. އެއަށްފަހު ފައިސާ ދައްކާނެ ގޮތް ހިޔާރު ކުރުމަށްފަހު ކުރިއަށް ދިއުމުން ހިއްސާ ބައްލަވައިގެންވުނު ކަމުގެ މެސެޖް ބޮކްސް އެއް ފެނިވަޑައިގަންނަވާނެ އަދި ރިސިޕްޓް މެއިލް އަށް ލިބިވަޑައިގަންނަވާނެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް