ބަނޑުބޮޑު އިރު އެންމެ އެހީތެރިކަން ލިބެމުންދަނީ ކަރީނާ ފަރާތުން: ސޯހާ

ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާންއަށް މި ދުވަސްވަރު އެންމެ ބޮޑަށް އެހީތެރިކަން ލިބެމުންދަނީ ފަހަރި ކަރީރާ ކަޕޫރު ހާންގެ ފަރާތުން ކަމަށް އޭނާ ބުނެފި އެވެ. ސޯހާ އާއި ފިރިމީހާ ކުނާލް ކެންމޫއަށް ދަ...

13 May 2017 | 08:30

ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާންއަށް މި ދުވަސްވަރު އެންމެ ބޮޑަށް އެހީތެރިކަން ލިބެމުންދަނީ ފަހަރި ކަރީރާ ކަޕޫރު ހާންގެ ފަރާތުން ކަމަށް އޭނާ ބުނެފި އެވެ.

ސޯހާ އާއި ފިރިމީހާ ކުނާލް ކެންމޫއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ސޯހާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބަނޑުބޮޑުވި ފަހުން އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުންދަނީ ކަރީނާ ފަރާތުން ކަމަށެވެ. އެގޮތުން ކެއުމުގައި ހިމަނަންޖެހޭ އެއްޗިއްސާއި ދިރިއުޅުމުގައި މިދުވަސްކޮޅު ކުރުން މަޑުޖައްސާލަންވީ ކަންކަން ކަރީނާ އޭނާއަށް ބުނެދެމުންދާ ކަމަށެވެ.

އަދި ފިލްމީ ތަރިއަކު މިދުވަސްވަރު އަމަލު ކުރަންޖެހޭނެ ގޮތްވެސް ބުނޭދޭ ކަމަށް ސޯހާ ބުނެފައިވެ އެވެ.

ސޯހާ ބުނީ މިހާރު އެންމެ ބޭނުންވަނީ މަންމައަކަށް ވާނެ ދުވަސް ދެކެން ކަމަށެވެ. އަދި އެ ދުވަސް ދެކެން ބޭނުންވަނީ އޭނާގެ މަންމަ ވީ ގުރުބާނީ އަބަދުވެސް ހަނދާން ހުންނާތީ ކަމަށެވެ.

ސޯހާ ވިހާނެކަމަށް ބުނެފައިވަނީ މިއަހަރު ފަހުކޮޅު އެވެ.

ދެމަފިރިންނާއި ދެ ފަރާތު އާއިލާ ތިބީ އުފަލުން ކަމަށް ބުނެފައިވެ އެވެ. އަދި ހާއްސަކޮށް ސައިފް އާއި ސޯހާ ނިސްބަތްވާ ޕަތައުޑީ އާއިލާއަށް އިތުރު މެންބަރަކު އަންނަން އުޅޭތީ އެންމެންވެސް ތިބީ އުފަލުން ކަމަށް ބުނެފައިވެ އެވެ.

އެ އާއިލާއަށް އެންމެ ފަހުން އިތުރުވީ ސައިފް އާއި ކަރީނާ ކަޕޫރަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް