ސަރުކާރު މުވައްޒަފުންގެ ތެރެއިން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް ޕޭ އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ނުދޭން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައި މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ހުރިހާ މުވައްޒަފުންނަށް މޭމަހުގެ މުސާރަ އާއި އެކު ލިބޭނެ ކަމަށެވެ.
މީގެ ކުރިންވެސް ނޯޕޭގައި ތިބޭ މުވައްޒަފުންނަކަށް ރޯދަމަހުގެ އިނާޔަތެއް ނުލިބެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތް ދޭންޖެހޭނެ އެވެ. އެ ގާނޫނުގައިވާ ގޮތުން ރޯދަ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހޭނެ އެވެ.
ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭގޮތަށް މަޖިލީހުން ގާނޫނަށް ބަދަލު ގެނައީ 2015 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް