ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ބާވަތްތަކުގެ ތެރެއިން ބިސް، އަލުވި އަދި ފިޔާ އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިތަކެތި އަގު ހެޔޮކޮށް ވިއްކާނީ އެސްޓީއޯ ސުޕަމާޓު ހޯލްސޭލް ސެންޓަރުން ކަމަށެވެ. ހޯލް ސޭލް ސެންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 8:30 ން 12:30 ށް އަދި މެންދުރު ފަހު 1:00 ން ހަވީރު 5:00 އަށެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިޔާ، އަލުވި އަދި ބިސް ވިއްކާނީ އެސްޓީއޯ ދެ ނަމްބަރު ކޮށިން ނެވެ. އެ ތަން ހުޅުވިފަ ހުންނާނީ ހުކުރު ދުވަސް ފިޔާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ހަވީރު 4:00 އަށެވެ. ރޯދަމަހު ހުޅުވިފއި ހުންނާނީ ހުކުރު ދުވަސް ފިޔާ ކޮންމެ ދުވަހެއްގެ ހެނުނު 10:00 ން މެންދުރު ފަހު 3:00 އަށެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ އައުޓްލެޓްތަކުން ފިޔާ، އަލުވި އަދި ބިސް އަގު ހެޔޮކޮށް ލިބޭނެ އެވެ. އެކަމަކު ވިއްކާ އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރު އެސްޓީއޯއިން ރޯދައާއި ދިމާކޮށް ބިސް ކޭހެއް ވިއްކީ 275 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކި އިރު ފިޔާ ބަސްތާއެއް ވިއްކީ 160 ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް