ފަގީރުންގެ ލިސްޓުގައި އަލަށް ރެޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ކުރިން އެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކުން އަލުން ރެޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ. ފަގީރެއްގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކަށް 44 ރުފިޔާ ނުލިބޭ މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށް ކަމަށެވެ. އެކަމަކު މިހާރު އެ މުއްދަތު މިމަހުގެ 18 ވާ ބުރާސްފަތި ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. މުއްދަތު އިތުރު ކުރީ އާންމުން އެގޮތަށް އެދެމުންދާތީ އެވެ.
ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން “ފިތުރު ޒަކާތާއި މުދަލު ޒަކާތް ލިބިގަތުމަށް ފަގީރުންގެ ގޮތުގައި ރެޖިސްޓްރީވުމަށް އެދޭ ފޯމު” ފުރުމަށް ފަހު މާލޭގައި ނަމަ ހުށަހަޅަންޖެހޭނީ އިސްލާމިކް މިނިސްޓްރީއަށެވެ. އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާ އަށެވެ.
ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 12،335 މީހުން ރަޖިސްޓަރީ ކުރި އެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ އަދި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 400 ރުފިޔާ ބަހާފައިވެ އެވެ.އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް