ދެން އެންމެ އަވަހަށް ސަލްމާން ހާން ފެނިގެންދާނެ ބޮލީވުޑްގެ ފިލްމު "ޓިއުބްލައިޓް" ރިލީޒް ކުރުމުގެ ކުރިން 130 ކްރޯޑް ރުޕީސް އެ ފިލްމަށް ލިބިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސަލްމާންގެ މި ފިލްމަކީ މިއަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެގެންދާނެ އެވެ. އެހެންވެ ސްޕޮ ންސާ ކުރަން ބޭނުންވާ ފަރާތްތައް ވަރަށް ގިނަ އެވެ.
"ޓިއުބްލައިޓް" އަށް މިހާ ބޮޑު އާމްދަނީއެއް ރިލީޒް ކުރުމުގެ ކުރިން ލިބުނީ އެ ފިލްމުގެ ރައިޓްސް އެންއެޗް ސްޓޫޑިއޯއަށް ވިއްކާލައިގެން ނެވެ. އެއީ އިންޑިއާ އާއި ބޭރު ގަުއުމުތަކުގައި ފިލްމު އަޅުވާ ކުންފުންޏެކެވެ. އެ ކުންފުނިން 130 ކްރޯޑް ރުޕީސް އަށް "ޓިއުބްލައިޓް"ގެ ރައިޓްސް ގަތީ އެ ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެތީ ކަމަށް އެ ކުންފުންޏާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
އެންއެޗް ސްޓޫޑިއޯގެ އިތުރުން ރާޖަސްތާންގެ ކުންފުންޏަކަށާއި ގުޖުރާތްގެ ފިލްމު އަޅުވާ ކުންފުންޏަކަށް ވަނީ ފިލްމުގެ ރައިޓްސް ރެކޯޑު އަދަދަކަށް ވިއްކާލާފައި އެވެ. އެ ދެ ކުންފުންޏަށް ރައިޓްސް ވިއްކާލި ސީދާ އަގެއް ނޭނގެ އެވެ. ރިލީޒް ކުރުމުގެ ކުރިން އެންމެ ފަހުން ރެކޯޑު އަގަށް ފިލްމުގެ ރައިޓްސް ވިއްކާލާފައިވަނީ އާމިރް ހާންގެ "ދަންގާލް" އެވެ.
"ޓިއުބްލައިޓް"ގެ ފުރަތަމަ ޓީޒާ ރިލީޒް ކޮށްފައިވާއިރު ގިނަ ބައެއްގެ ތައުރީފު ވަނީ ފިލްމަށް އޮހެން ފަށާފައި އެވެ. އެ ފިލްމުގެ ތިން ލަވައެއް މިމަހުގެ 16 ވަނަ ދުވަހު ރިލީޒް ކުރާނެ އެވެ.
"ޓިއުބްލައިޓް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް