ގާސިމް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ. ފުލުހުން އެދިގެން ނެރެފައިވާ އެ އަމުރަކީ މިމަހުގެ އެއް ވަނަ ދުވަހު ބޭއްވި "މޭޑޭ" ގެ މުޒާހަރާ އަށް ފަނ...

13 May 2015 | 17:45

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ފުލުހުން އެދިގެން ނެރެފައިވާ އެ އަމުރަކީ މިމަހުގެ އެއް ވަނަ ދުވަހު ބޭއްވި "މޭޑޭ" ގެ މުޒާހަރާ އަށް ފަންޑު ކުރި ކަމުގެ ތުހުމަތުގައި ނެރުނު އަމުރެއްކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފުލުހުން އެކަން ޔަގީނެއް ނުކޮށްދެ އެވެ.

ފުލުހުން ބުނީ އެދުވަހުގެ މުޒާހަރާއާއި ގުޅީގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އާއި ގުޅީގެން އަދިވެސް އިތުރު މީހުން ހައްޔަރު ކުރަމުންދާކަމަށެވެ.

އެކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައިނުވާއިރު މިއަދު އެމްއެމްއޭއިން ވަނީ ދައުލަތަށް ދައްކަންޖެހޭ ފައިދސާ ނުދައްކައިގެން ގާސިމްގެ ވިލާ ގްރޫޕުގެ އެކައުންޓުތަށް ހިމެނޭގޮތަށް 11 ކުންފުންޏެއްގެ އެކައުންޓު ފްރީޒުކުރަން އަންގާފަ އެވެ.

އެ ދުވަހުގެ މުޒާހަރާއަށް ފަންޑު ކުރި ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާއިރު "މޭޑޭ" ގެ މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީޣެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ އިތުރުން ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް