ވިލާ އާއި އިތުރު ކުންފުނިތަކެއްގެ އެކައުންޓް ފްރީޒްކޮށްފި

ވިލާ ޝިޕިންގެ އެކައުންޓްތަކާއި އިތުރު ކުންފުނިތަކެއްގެ އެކައުންޓް ފްރީޒްކޮށްފި އެވެ. މައުލޫމާޓު ލިބިފައިވާގޮތުގައި ވިލާގެ އިތުރުން ފްރީޒް ކުރަން އަންގާފައިވަނީ 11 ކުންފުންޏެއްގެ އެކައުންޓެވެ. އެކައުން...

13 May 2015 | 09:37

ވިލާ ޝިޕިންގެ އެކައުންޓްތަކާއި އިތުރު ކުންފުނިތަކެއްގެ އެކައުންޓް ފްރީޒްކޮށްފި އެވެ.

މައުލޫމާޓު ލިބިފައިވާގޮތުގައި ވިލާގެ އިތުރުން ފްރީޒް ކުރަން އަންގާފައިވަނީ 11 ކުންފުންޏެއްގެ އެކައުންޓެވެ. އެކައުންޓުތައް ފްރީޒުކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބޭންކުތަކަށް އެންގުމާއި ގުޅިގެންނެވެ.

އެކައުންޓްތަށް ފްރީޒްކޮށްފައިވަނީ ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި އަބްދުﷲ އަލީ އާއި އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޮޓް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި މެދުފުއްޓާއި ތްރީއޭ ކޮމްޕެނީ އާއި ބްލޫ ލެގޫން އިންވެސްޓްމަންްޓާއި ކަނިފުށި އިންވެސްޓްމަންޓާއި އަހުމަދު ވަހީދެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފްރީޒްކުރަން އަންގާފައިވާ އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތެވެ. އެކަމާއި ގުޅިގެން ވިލާ ޝިޕިންގ އިން އިއްޔެ ބުނެފައިވަނީ އެކުންފުނީގެ އެކައުންޓުތަކުގައި ފައިސާ ނެތީ ކުންފުނީގެ މާލީ ހާލަތު ގޯސްފެވައިވާތީ ކަމަށެވެ.

އެކައުންޓްތައް ފްރީޒް ކުރުމާ ގުޅޭ ގޮތުން އެމްއެމްއޭ އާއި މީރާ އިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

އެހެން ނަމަވެސް މީރާއިން ކުރިން ބުނެފައި ރިސޯޓްތަކުގެ ބިމު ކުއްޔާއި ޓެކްސް އާއި ޖޫރިމަނާ ފައިސާ ނުދައްކައިގެން 20 ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒް ކުރަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އެކައުންޓްތައް ފްރީޒް ކުރަން އަންގާފައި ވަނީ ފައިސާ ދައްކަން މީރާއިން ފޮނުވި ދެ ނޯޓިހުގެ މުއްދަތުގައި ވެސް ފައިސާ ނުދެއްކުމުންނެެވެ.

ފައިސާ ނުދައްކާ ކުންފުނިތަކުގެ އެކައުންޓުތައް ފްރީޒް ކުރަން ޓޫރިޒަމް މިނިސްޓްރީން މީރާއަށް އަންގާފައިވަނީ މި ހަފްތާތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް