ސިޓީ ކައުންސިލަށް ހަމަޖެއްސީ ވަޒީފާ އަދާކުރަން އެކަށީގެންވާ ތަނެއްނޫން!

މާލޭ ސިޓީ ކައުންސިލް އިދާރާ ހިންގަން ހުރަވީ ބިލްޑިންގުން ހަމަޖެއްސި ބަޔަކީ މަރާމާތަކާ ނުލައި މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރައްކާތެރި އަދި ސިއްހީ ގޮތުން ވެސް އެކަށީގެންވާ ތަނެއް ނޫން ކަމަށް ސިވިލް ...

13 May 2015 | 09:25

މާލޭ ސިޓީ ކައުންސިލް އިދާރާ ހިންގަން ހުރަވީ ބިލްޑިންގުން ހަމަޖެއްސި ބަޔަކީ މަރާމާތަކާ ނުލައި މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރައްކާތެރި އަދި ސިއްހީ ގޮތުން ވެސް އެކަށީގެންވާ ތަނެއް ނޫން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ މާލޭ ސިޓީ ކައުންސިލް ކުރިން ހިންގަމުން އައި ސިޓީ ހޯލްގެ އިމާރާތާއި ބިން ސަރުކާރަށް ނެގުމަށް ފަހު، އެ ކައުންސިލަށް ހުރަވީ ބިލްޑިންގުން ހަމަޖެއްސި ތަނާ މެދު މުވައްޒަފުން ޝަކުވާކުރުމުން، އެތަނުގެ ހާލަތު ބެލުމަށް ފަހު ނެރުނު ރިޕޯޓުގަ އެވެ.

އެތަނުގެ ހާލަތުބެލުމަށް ސީއެސްސީން އެކުލަވާލި ތިން ބޭފުޅުންގެ ޓިމުން ނެރުނު ރިޕޯޓުގައި ވަނީ 12 މައްސަލައެއް ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި އިމާރާތުގެ ސީލިންގާއި ޕާޓިޝަންތަކުގެ ތެރޭގައި މީދާ އުޅުމާއި ސާވާ ރޫމްގެ ސީލިންގް ހަލާކުވެ ފެން ލީކުވުމާއި އިމާރާތުގެ ކަަރަންޓް ސުވިޗް ޖެއްސުމުން ބޮޑު ބަޔަކުން ކަރަންޓް ކެނޑުމާއި ބައެއް ފާހާނާތައް ހަލާކުވެ ފެން ލީކުވުމާއި ބައެއް ސީލިންގުތައް ފޫގޮސްފައިވުމުގެ އިތުރުން ކަރަންޓް ބޯޑުތައް ހަލާކުވެ އެއާކޯނުތަކުން ފެން ފޭބުމުގެ އިތުރުން ބައެއް ދޮރުތައް ފީވެ ހަލާކުވެފައި ހުރުމާއި ކާޕެޓުން ނުބައި ވަސް ދުވުމުގެ މައްސަލަ ހިމެނެ އެވެ.

މާލޭ ސިޓީ ކައުންސިލް ކުރިން ހިންގި ސިޓީ ހޯލް އިމާރާތް ހުސްކުރީ އެތަނުގައި 20 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް ކަމަށް ބުނެ އެވެ. އަދި ހައުސިންގ މިނިސްޓްރީން ވަނީ ސިޓީ ކައުންސިލްގެ މަސައްކަތްތައް ބަދަލު ކުރި ހުރިވީ ބިލްޑިންގގައި ހުރި މަރާމާތަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް