މަތަނު ޖަޒަރިއްޔާގެ ސަނަދުން ބައެއް އަބްދުއްރަޝީދު ހާސިލްކޮށްފި

ކީރިތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަނަދުން ގުޅިފައިވާ ގާރީއެއްގެ އަރިހުން މަތަނު ޖަޒަރިއްޔާގެ ސަނަދުން ބޮޑުބައެއް ފުރަތަމަ ފަހަރަށް ދިވެެއްސަކު ހާސިލްކޮށްފި އެވެ. އެސަނަދު ...

13 May 2015 | 09:06

ކީރިތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަނަދުން ގުޅިފައިވާ ގާރީއެއްގެ އަރިހުން މަތަނު ޖަޒަރިއްޔާގެ ސަނަދުން ބޮޑުބައެއް ފުރަތަމަ ފަހަރަށް ދިވެެއްސަކު ހާސިލްކޮށްފި އެވެ.

އެސަނަދު ހާސިލް ކޮށްފައި ވަނީ ޓީވީއެމުން މިދިޔަ ރަމަޟާން މަހާ ދިމާކޮށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި، "އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ އެއް ވަނަ ހޯދި ށ. ފޭދޫ، ވަވެތި، އަލްހާފިޒް އަބްދުއްރަޝީދު އެވެ.

އޭނާ ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ޔަމަނުގެ ގާރީއެއް ކަމަށްވާ އަލްހާފިޒް އަހުމަދުއް ރަމާދީ އަރިހުން ތަޖުވީދު ޅެންބައިތުގެ 107 ބައިތު ހިތުން ދަސްކޮށް މަތަނު ޖަޒަރިއްޔާގެ އިޖާޒާ ހާސިލް ކޮށްފައި ކަމަށް އެމަރުކަޒުން މައުލޫމާތުދެ އެވެ.

އަބްދުއްރަޝީދުގެ ކާމިޔާބީ ފާހަގަކޮށް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަން އަންނަ މަހު ބާއްވާ ޖަލްސާގައި ހާއްސަ އެވޯޑެއް ދޭން ޤުރުއާނާއި ބަހޭ މަރުކަޒުން ވަނީ ނިންމާފަ އެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަލަމް ސަނަދުން ގުޅުމުގެ ޕުރޮގުރާމް ފުރިހަމަ ވާނީ ގުރުއާން އެއްކޮށް ހިތުން ކިޔައިދިނުމާއި ޖަޒަރިއްޔާ ޝަރަހަޔާ އެކު ކިޔައިދިނުމުގެ އިތުރުން ކީރިތި ގުރުއާން ތަޖުވީދުގެ މަތިން އެއްވެސް ކުށަކާއި ނުލައި ކިޔައިދިނުމުންނެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުމުން ތިން ދިވެއްސަކު ބައިވެރިވެފައިވެ އެވެ.

ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސަނަދުން ގުޅުމަކީ، އެކަލޭގެފާނަށް ޤުރުއާން ހިތުން ކިޔައިދެއްވާފައިވާ އަސްހާބު ބޭކަލުންނަށް ޤުރުއާން ހިތުން ކިޔައިދީފައިވާ ބޭފުޅުން ގުޅިފައިވާ ގުޅުމަށް ކިޔާ ނަމަކެވެ. މިފަދަ ބޭފުޅަކަށް ޤުރުއާން ހިތުން ކިޔައިދެވިއްޖެ ނަމަ އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެހާފިޒަކު ކީރިތި ރަސޫލާގެ ސަނަދުން ގުޅިގެން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް