އިސްކަންދަރަށާއި ޖަމާލުއްދީނަށް ބަޔަކު ވަދެ ގެއްލުން ދީފި

އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލަށް ބަޔަކު ވަދެ ބައެއް ކްލާސްތަކަށް ގެއްލުންތަކެއް ދީފި އެވެ. ޖަމާލުއްދީން ސްކޫލަށް ރޭ ބަޔަކު ވަދެ ކްލާސްރޫމެއްގެ ފަންކާތައް ހަލާޚުކޮށްލާފަިއވެ އެވެ. އަދި އެ ކް...

13 May 2015 | 07:24

އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލަށް ބަޔަކު ވަދެ ބައެއް ކްލާސްތަކަށް ގެއްލުންތަކެއް ދީފި އެވެ.

ޖަމާލުއްދީން ސްކޫލަށް ރޭ ބަޔަކު ވަދެ ކްލާސްރޫމެއްގެ ފަންކާތައް ހަލާޚުކޮށްލާފަިއވެ އެވެ. އަދި އެ ކްލާހުގައި ބަހައްޓާފައި ހުރި ޕްރޮޖެކްޓަރު ނައްޓާލުމަށް ފަހު ކުނިވަށިގަނޑަށް ލާފައިވާއިރު ކްލާހުގެ ފާރުގަ އާއި އެކި ތަންތާނގައިވަނީ ދަވާލު ހާކާފަ އެވެ.

އިސްކަންދަރު ސްކޫލަށް ގެއްލުން ދީފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެ ސްކޫލްގެ ދެވަނަ ބުރީގައި ހުރި ތިން ކްލާސްރޫމެއްގެ ފަންކާތަކަށާއި ޕްރޮޖެކްޓަރުތަކަށް ގެއްލުންދީ ފާރަށް ސްޕްރޭ ޖަހައި ދަވާދު ހާކާފައި ހުއްޓެވެ.

އެ މައްސަލަ މިހާރު ދެ ސްކޫލްގެ ފަރާތުން އެޑިއުޝަން މިނިސްޓްރީ އަށާއި ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށެވެ.

ރޭގަނޑު އެ ދެ ސްކޫލަށް ވަދެ ގެއްލުން ދީފައިވާއިރު އެ އީ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ދެ ސްކޫލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް