ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުން އޮތީ އިސްލާޟިކް މިނިސްޓްރީގައި އެވެ.
ބައްދަލުވުމާއި ގުޅޭގޮތުން ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ބައްދަލު ކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްތަކުގައި އޭނާ ކުރެއްވި މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެއްވި ކަމަށެވެ. އެންމެވެސް ގަބޫލު ކުރާގޮތުގައި ޝަހީމް އިސްލާމިކް މިނިސްޓްރީ ހިންގެވި އިރު ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް އެ ޕާޓީން މަޝްވަރާ މަޖިލީހުން ފާސްކޮށް އެކަން އަންގައިފައި ވަނިކޮށެވެ.
ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުން އެ މާގަމަށް ޑރ. އަހުމަދު ޒިޔާދު ބާގިރު އައްޔަން ކުރައްވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓަރު ޒިޔާދުއާ ޝަހީމް ބައްދަލު ކުރައްވާފައިވާއިރު ދާދިފަހުން އޭނާ ވަނީ ކުއްލިއްޔާގައި އަންނަ ޖޫން މަހު އަލަށް ފަށާ "މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސިސްޓަމް" ކޯހުގައި އޭނާ ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް