ޖިންސީ ފުރައްސާރައާއި ގުޅުންހުރި މައްސަލައެއްގައި ދަޢުލަތުގެ ދެ ވަކީލަކު ސަސްޕެންޑު

ޖިންސީ ފުރައްސާރައާއި ގުޅުންހުރި މައްސަލައެއްގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އޮފީހުން ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑު ކޮށްފިއެވެ. މިކަން ހާމަކޮށް އެ އޮފީހުން މިއަދު ބުނީ އެ އޮފީހުގެ މުވައްޒ...

13 Apr 2025 | 10:47

ޖިންސީ ފުރައްސާރައާއި ގުޅުންހުރި މައްސަލައެއްގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އޮފީހުން ދެ ޕްރޮސެކިއުޓަރަކު ސަސްޕެންޑު ކޮށްފިއެވެ.

މިކަން ހާމަކޮށް އެ އޮފީހުން މިއަދު ބުނީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް ނިންމާފައިވާކަމަށެވެ.

ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއް ކަމަށާއިއެ މައްސަލާގައި ދިވެހި ފުލުހުން ބަލަންޖެހޭ ބެލުންތަކެއް ހުރުމުން ފުލުހުންވެސް މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމުގައި ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް