ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފަސްޓްލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިރަސް...

13 Apr 2024 | 10:30

ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ، އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާޞިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވާފައެވެ.

އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތަކީ ތިރީހާ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 1500 ދަރިވަރުން ވާދަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް