ލ. އަތޮޅާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅާއި އައްޑޫ ސިޓިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު އެ...

13 Apr 2024 | 10:20

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅާއި އައްޑޫ ސިޓިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވަޑައިގެންނެވީ ލ. އަތޮޅަށެވެ. އެއަތޮޅަށް ކުރެއްވި ރަސްމީ އެ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ އެ ރަށްތަކުގެ ކައުންސިލާއި އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރެއްވިއެވެ.

ރައީސްގެ އެ ދަތުރުފުޅު ނިންމަވާލައްވައި ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އައްޑޫ ސިޓީއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުޅުގައި ރައްޔިތުންގެ  މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް