ތިލަމާލެ ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ކުރަން ފަށައިފި

ތިލަމާލޭ ބްރިޖުގެ ޑެކް ސެގްމެންޓު ޔުނިޓުތައް ޕްރީ ކާސްޓް ކުރަން ފަށައިފި އެވެ. އެ މަސައްކަތް ކުރަނީ ބްރިޖުގެ މަސައްކަތްތައް ކުރިޔަށްދާ މައި ސައިޓު ގުޅީފަޅުގައި އެވެ. މިއީ ބްރިޖު މަތީގައި ވެހިކަލްތައް ...

13 Apr 2023 | 16:06

ތިލަމާލޭ ބްރިޖުގެ ޑެކް ސެގްމެންޓު ޔުނިޓުތައް ޕްރީ ކާސްޓް ކުރަން ފަށައިފި އެވެ.

އެ މަސައްކަތް ކުރަނީ ބްރިޖުގެ މަސައްކަތްތައް ކުރިޔަށްދާ މައި ސައިޓު ގުޅީފަޅުގައި އެވެ. މިއީ ބްރިޖު މަތީގައި ވެހިކަލްތައް ދުއްވާ ބައިގެ މަސައްކަތެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ މި ޔުނިޓުތައް ޕްރީ ކާސްޓު ކުރިކަން ހާމަކޮށް ފޮޓޯތަކެއް އާންމުކޮށްފައި އެވެ. އެކަމަކު މަސައްކަތާއި ގުޅޭ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.

މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބުނީ ބްރިޖުގެ މަސައްކަތް ކުރުމަށް އެފްކޮންސްގެ މުވައްޒަފުން24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަދު ސަރުކާރުން ވަނީ އެ މަޝްރޫއު ތާވަލާއި އެއްގޮތަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަން ހާމަކޮށްފައި އެވެ.

އެފްކޮންސްއިން ބުނީ މިއަހަރުގެ ޑިސެމްބަރު މަހު މާލެއާއި ވިލިމާލެ ބްރިޖުން ގުޅާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް