އުރީދޫ ފަން ރަން ކުޅުދުއްފުށި – ރަޖިސްޓްރީ ކޮށްފިންތަ، މިރޭ 12 އަށް ސުންގަޑި ހަމަވާނެ

އުރީދޫ މޯލްޑިވްސް އިން މި މެއި މަހު ބާއްވާ ފަން ރަން ކުޅުދުއްފުށި އެޑިޝަންގެ ރަޖިސްޓްރޭޝަން މުއްދަތު މިރޭ 23:59 އަށް ހަމަވާނެއެވެ. އުރީދޫ ފަން ރަން ކުޅުދުއްފުށި އެޑިޝަންގައި ބައިވެރިވުމަށް ޝައުގުވެރިވ...

13 Apr 2023 | 15:07

އުރީދޫ މޯލްޑިވްސް އިން މި މެއި މަހު ބާއްވާ ފަން ރަން ކުޅުދުއްފުށި އެޑިޝަންގެ ރަޖިސްޓްރޭޝަން މުއްދަތު މިރޭ 23:59 އަށް ހަމަވާނެއެވެ.

އުރީދޫ ފަން ރަން ކުޅުދުއްފުށި އެޑިޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އައި އުރީދޫ ކަލަރ ރަން އަޕްގްރޭޑްކޮށް ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާއެކު ބާއްވާ ދުވުމެކެވެ. މިދިޔަ އަހަރު އުރީދޫ ކަލަރ ރަން ފަން ރަންއަށް އަޕްގްރޭޑްކޮށް، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. ފަން ރަން ކުޅުދުފުށި 5 މެއި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ މިއަހަރު ހދ އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައްވެގެންދާނެއެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ފަން ރަން - ކުޅުދުއްފުށި ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.

"ހުރިހާ ފަރާތްތަކުންވެސް އިންތިޒާރުކުރާ މި މަޖާ ހަރަކާތް ހދ.ކުޅުދުއްފުއްޓަށް ގެނެސް، ހދ.އަތޮޅުގެ ކުދި ބޮޑު އެންމެހައި ބޭފުޅުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އުރީދޫ ފަން ރަންގެ އުފާވެރިކަމާއި މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފަން ރަން ގެ އަމާޒަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހާސިލްކުރުމަށްޓަކައި ދުވުމަކީ މަޖާ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މީހުން އެއްތަނަކަށް ގެނައުން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވެއެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 23:59 އާއި ހަމައަށް ހުޅުވާލެވިފައިވާއިރު މި މަޖާ ހަރަކާތުގައި ބައިވެރިވުމަށް އުރީދޫއިން ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވައެވެ.

އުރީދޫ ފަން ރަން - ކުޅުދުއްފުށި އެޑިޝަންގައި ރަޖިސްޓްރީވުމަށް: http://ore.do/funrunkit ޒިޔާރަތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް