ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އިންޑިއާ އަންހެނަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީއުމުރުން56 އަހަރުގެ އެ އަންހެން މީހާ މަސްތުވާތަކެއްޗާއި އެކު ރާއްޖެ އައީ އިއްޔެ ކަމަށެވެ. އޭނާ ވައިގެ މަގުން ރާއްޖެ އައީ އިިތިއޯޕިއާ އިންނެވެ.
އޭނާ މަސްތުވާތަކެތި ފޮރުވާފައި ހުރީ އަތް ދަބަހުގައި އެވެ. ކަސްޓަމްސްއިން ބުނިގޮތުގައި އެ ތަކެތި އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ދަބަސް ބަލާ ފާސް ކުރުމަށް ފަހު ފެނުނު ޕެކެޓު ތަކުގައި ހުރި ތަކެތި ފުރަތަަ މަރުހަލާގައި ޓެސްޓު ކުރި އިރު މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ 1.1 ކިލޯގެ ކޮކެއިން އާއި 4.2 ކިލޯގެ ހެރޮއިން ހުރި ކަމަށް ބުންޏެވެ.
އެ ތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އަތުލައިގަތް ޑްރަގާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް