އެމް-ފައިސާ މެދުވެރިކޮށް، ބިދޭސީންނަށް ރޯދަވީއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތު

އުރީދޫ އެމ-ްފައިސާ މެދުވެރިކޮށް ބިދޭސީންނަށް ރޯދަ ވީއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އުރީދޫއިން ބުނީ މި ފުރުސަތުގެ ދަށުން އެމްފައިސާ މެދުވެރިކޮށް ރޯދަ ވީއްލަން ތަކެތި ގަންނަން އެހީ...

13 Apr 2023 | 09:43

އުރީދޫ އެމ-ްފައިސާ މެދުވެރިކޮށް ބިދޭސީންނަށް ރޯދަ ވީއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ މި ފުރުސަތުގެ ދަށުން އެމްފައިސާ މެދުވެރިކޮށް ރޯދަ ވީއްލަން ތަކެތި ގަންނަން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. މިއީ އުރީދޫ އާއި މިޝަން ފޯ މައިގްރަންޓް ވޯކާސްއާ ގުޅިގެން ހިންގާ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން އެމް-ފައިސާ ކަސްޓަމަރުންނަށް އެމް-ފައިސާ އެޕް މެދުވެރިކޮށް، ރޯދަވީއްލަން ހާއްސަ ޕެކެއް ހަދިޔާ ކުރެވޭނެ އެވެ. އެމް-ފައިސާ މެދުވެރިކޮށް ހަދިޔާ ކުރެވޭ އެ ޕެކުގެ އަގަކީ 50 ރުފިޔާ އެވެ.

މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހަދިޔާ ކުރާ ޕެކޭޖުތަކެކެވެ.

މިއީ މީގެ ކުރިންވެސް އެ ކުންފުނިން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

މީގެ އިތުރުން އުރީދޫއިން މިއަހަރު ދަނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ކޮންމެ ހުކުރު ދުވަހަކު ސަލްމާން މިސްކިތުގައި ބޮޑު ރޯދަ ވީއްލުމެއް ބާއްވަމުންނެވެ. މި ދެ ހަރަކާތަކީ މިއަހަރު އެ ކުންފުނިންކަނޑައަޅާފައިވާ "ހަދިޔާ" ތީމުގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް