ރޯދަ މަސް ނިމެނީ، ފިތުރު ޒަކާތް ދައްކަން ހަނދާން ކޮށްދީފި

ފިތުރު ޒަކާތް ދައްކަން އިސްލާމިކް މިނިސްޓްރީން އަނެއްކާވެސް ހަނދާން ކޮށްދީފި އެވެ. ފިތުރު ޒަކާތް ފައިސާ އިންނާއި ގޮވާމުން ދަނީ ބަލައިގެންނަމުންނެވެ. ގޮވާމުން ޒަކާތް ބަލައިގެންނަން ފެށީ މިމަހުގ ެ11 ވަނ...

13 Apr 2023 | 08:57

ފިތުރު ޒަކާތް ދައްކަން އިސްލާމިކް މިނިސްޓްރީން އަނެއްކާވެސް ހަނދާން ކޮށްދީފި އެވެ.

ފިތުރު ޒަކާތް ފައިސާ އިންނާއި ގޮވާމުން ދަނީ ބަލައިގެންނަމުންނެވެ. ގޮވާމުން ޒަކާތް ބަލައިގެންނަން ފެށީ މިމަހުގ ެ11 ވަނަ ދުވަހު އެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންނަމުން ދަނީ އެބަޔަކު އާންމުކޮށް ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން 2.4 ކިލޯ އެވެ. ރަމަޟާން މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ފައިސާ އާއި ގޮވާމުން ޒަކާތް ބަލައިގެންނަ އިރު ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ.

މިއަހަރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ

ރަތް ހަނޑޫ 99 ރުފިޔާ

ބާސްމަތިީ ހަނޑޫ (އާދައިގެ): 84 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ

އާދައިގެ ފުށް: 12 ރުފިޔާ

އާޓާ ފުށް: 75 ރުފިޔާ

މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް