ރަސްމީ ދަތުރުފުޅެއްގައި ނަޝީދު އެމެރިކާއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ. މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި ނަޝީދު ފުރާވަޑައިގެންނެވީ...

13 Apr 2023 | 05:46

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި ނަޝީދު ފުރާވަޑައިގެންނެވީ އިއްޔެ އެވެ.

އެއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމާ ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ20) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ.

މި ބައްދަލުވުން ކުރިޔަށް ދަނީ އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އައިއެމްއެފާއި ވޯލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ނަޝީދު މި ދަތުރުފުޅުގެ ތެރެއިން ބައްދަލު ކުރައްވާނެ ކަމަށް ވެސް މަޖިލިހުގެ އިދާރާ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް