ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި ފްލެޓުތަކުގެ ކުލި ދެއްކޭނެ ފަސޭހަ އިންތިޒާމެއް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފި އެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ނަގަން ފެށީ މިމަމހު އެވެ. ކުލީގެ ގޮތުގައި ނަގަނީ މެއިންޓަނަންސް ފީ އާއި އެކު8،500 ރުފިޔާ އެވެ.
އެޗްޑީސީން ފްލެޓުތަކުގެ ކުލި ބަލައިގެންނަމުން ދިޔައީ ޕޯޓަލް އަދި މައި އޮފީސް މެދުވެރިކޮށެވެ. އެ ކުންފުނިން ބުނީ މާދަމާއިން ފެށިގެން ހިޔާ ފްލެޓު11 ޓަވަރުގައި ގާއިމްކޮށްފައިވާ މެނޭޖްމެންޓް އޮފީހުން ބަލައިގެންނަމުންދާނެ ކަމަށެވެ.
އެތަނުން ފީ ބަލައިގެންނާނީ ކޮންމެ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް9:30 ގައި މެންދުރު1:00 އަށެވެ. ފީ ބަލައިގެންނާނީ ޗެކުންނާއި ބޭންކް ކާޑުންނެވެ.
ފައިސާ ދެއްކުން ލުއިކޮށްދިނުމުގެ ގޮތުން އެޗްޑީސީން ވަނީ މިމަހުގެ ނިޔަލަށް ހިޔާ ފްލެޓުތަކުން ޖޫރިމަނާ ނުލައި ފީ ބަލައިގެންނަން ނިންމާފަ އެވެ. އެކަމަކު އަންނަ މަހުން ފެށިގެން ޖޫރިމަނާ ނުލައި ފީ ބަލައިގެންނާނީ ކޮންމެ މަހެއްގެ10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބުނެފައިވެ އެވެ.
އެޗްޑީސީން ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަމުންދާއިރު ޔިޔާ ޔޫނިއަންއިން ދަނީ ކުލި ނުދައްކަން ގޮވާލާ ބާރު އަޅަމުންނެވެ. ހިޔާ ވެރިންގެ މެދުގައި އުފައްދާފައިވާ އެ ޔޫނިއަންގެ އިސްވެރިން ވަނީ5،600 ކުލިކޮށްދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
އަދި އެޗްޑީސީން ކޮންމެ ރެއަކު ކުއްޔާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހިޔާ ސަރަހައްދުގައި ޖަހާފައިވާ ޑެސްކުތައް ކައިރީގައި ދަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް