ކޫއްޑޫއަށް މަސްކިރުވަން 63 ދޯނި ކިއޫގައި، ނިމޭނީ އަންނަ އާދިއްތަ ދުވަހު

ކޫއްޑޫ ބަނދަރުގައި މަސްކިރުވުމަށްޓަކއި 63 ދޯންނި އެބަ އޮތްކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ. ފައުޒީ މީޑިއާގައި ވިދާޅުވީ މި ދޯނިތައް އޮތީ 900 ޓަނު މަހާ އެކު ކަމަށާއި...

13 Apr 2022 | 10:51

ކޫއްޑޫ ބަނދަރުގައި މަސްކިރުވުމަށްޓަކއި 63 ދޯންނި އެބަ އޮތްކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ފައުޒީ މީޑިއާގައި ވިދާޅުވީ މި ދޯނިތައް އޮތީ 900 ޓަނު މަހާ އެކު ކަމަށާއި ހުރިހާ ދޯންޏަކުން މަސް ކިރުވައި ނިމޭނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

ކޫއްޑޫގައި މީގެ ކުރިން މަސްކިރުވުން ކޮންޓްރޯލްކޮށް ކޮންމެ ދޯންޏަކުން ކިރޭނީ ފަސް ޓަނު މަސްކަމަށް އެ ތަނުންވަނީ ބުނެފައެވެ. ނަމަވެސް އެ ނިންމުމާ ދެކޮޅުހަދާ މަސްވެރިންވަނީ ކޫއްޑޫގައި ބޮޑު ހަޅުތާލެއްފަށާފައެވެ.

މިކަމަށް ހައްލެއް ހޯދަން މަސްވެރިންނާއި މިފްކޯގެ މެނޭޖްމެންޓާ އެކު މަޝްވަރާކުރުމަށް ފަހު އިއްޔެ މެންދުރު ފަހު ވަނީ މަސްވެރިން ބޭނުންވި ގޮތަށް ކިޔުގައި ޖެހޭ ކޮންމެ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން އެއްބަސްވެފަ އެވެ.

މިއީ ކޮންމެ އަހަރެއްގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ދިމާވާ މައްސަލަ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް