ކުނީގެ މައްސަލަ ބޮޑުވީ ކުނި މެނޭޖް ކުރުމުގެ ބަދަލުގައި އެތަން މިތަނަށް ކުނި އެޅުމުން: ޝައުނާ

ކުނީގެ މައްސަލަ ބޮޑުވީ ހަމައެއް ލަމައެއް ނެތި އެތަން މިތަނަށް ކުނި އަޅަމުންކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ. ޝައުނާ މިހެން ވިދާޅުވީ ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑ...

13 Apr 2022 | 10:47

ކުނީގެ މައްސަލަ ބޮޑުވީ ހަމައެއް ލަމައެއް ނެތި އެތަން މިތަނަށް ކުނި އަޅަމުންކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ "ވޭސްޓު ޓު ވެލްތު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ވޭސްޓު ޓު ވެލްތު" ޓްރެއިނިންގ ދަށުން ތަފާތު ބާވަތުގެ ކުނި ވަކިކޮށް އޭގެ ތެރެއިން އަލުން ބޭނުން ކުރެވޭ ތަކެތި ރީސައިކަލްކޮށް ޢާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

"ވޭސްޓު ޓު ވެލްތު" ރަސްމީކޮށް އިފްތިތާކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާއާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އަހްމަދު ނަޝީދެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަކަމަށާއި އަދި މިއީ އެންމެ ދުވަހަކުން ދިމާވި މައްސަލައެއް ނޫން ކަމަށާއި އެތައް ޒަމާންތަކެއް ވަންދެން ކުންޏާމެދު އަމަލުކުރަމުން އައި ގޮތުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަ މިހާ ބޮޑުވީ ކުނި މެނޭޖްކުރުމުގެ ބަދަލުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ޖެހުނު ތަނަކަށް ކުނި އުކާލުމުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން ޝައުނާ ވިދާޅުވީ މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަންޖެހޭކަމަށެވެ.

މިގޮތުން ކޮންމެ ރަށެއްގައި، ކުނި މެނޭޖުކުރާނެ ގޮތުގެ މައުލޫމާތާއި މިކަން ކުރާނެ ވޯކް ފޯހެއް އުފައްދަން ޖެހޭކަމަށެވެ.

މީގެ އިތުރުން ޝައުނާ ވިދާޅުވީ މިމަސައްކަތް ކާމިޔާބު ނުކުރެވިއްޖެނަމަ މުސްތަގުބަލުގައި ރާއްޖެއަކީ ރީތި މަންޒިލެއްގެ ގޮތުގައި ދައްކުވައި ނުދެވޭނެ ކަމަށާއި،  މުސްތަގުބަލުގައި ދިވެހީން ދިރިއުޅޭނެ ރައްކާތެރި މާހައުލެއްވެސް ހޯދައި ނުދެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް