އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި އަޅަން ބަޖެޓްކުރެވިފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގެ ޕްރޮޖެކްޓްތައް ފަށަން މިހާރު ދަނީ ތައްޔާރީތައްވަމުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައު ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވިސާމް ވަނީ ކެންސަރު ހޮސްޕިޓަލު އަޅަން މި އަހަރު ބަޖެޓުވެސް ކުރެވިފައިވާ އިރު އޭގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކެންސަރު ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ހަދައި އޭގެ ރިޕޯޓްވެސް މިހާރު ލިބިފައިވާ ކަމަށާއި އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ އެންމެފަހުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ގަމުގައި އެޅުމަށް ނިންމާފައިވާ ރާއްޖޭގެ ފުރަތަމަ ކެންސަރު ހޮސްޕިޓަލަކީ 50 އެދުގެ ހޮސްޕިޓަލެކެވެ.
މެންބަރު ވިސާމު ވަނީ މި ސަރުކާރުން ވައުދުވި، ގަމު ރީޖަނަލް ހޮސްޕިޓަލު ޓާޝިއަރީ ހޮސްޕޮޓަލަކަށް ބަދަލު ކުރުމާ ގުޅޭގޮތުން ވެސް ސުވާލުކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ ގަމުގައި ހަދާ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ވެސް ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް