އިސްތިއުފާ ނުދެއްވުމުން ލަންކާ މަޖިލީހުން، ރައީސް ގޮތާބަޔާގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަނީ

އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ކޯލިޝަނު ތައްޔާރު ވެއްޖެ އެވެ. ބޭރުގައުމުތަކުން ނަގާފައިވާ ލޯނުތައް ނުދެއްކި ލަ...

13 Apr 2022 | 08:27

އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ކޯލިޝަނު ތައްޔާރު ވެއްޖެ އެވެ.

ބޭރުގައުމުތަކުން ނަގާފައިވާ ލޯނުތައް ނުދެއްކި ލަންކާ ވަނީ ދަރަނިވެރިވެފައި އެވެ. ގައުމުން ތެލާއި ގޭސް ހުސްވެ ލަންކާ ފައިސާގެ އަގު ވެއްޓި ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ލަންކާ އޮތީ ތާރީހުގައިވެސް ނާންނަފަދަ އިގްތިސޯދީ ދަތި ހާލެއްގައި އެވެ.

މިހާލަތުގައި ރައްޔިތުން މުޒާހަރާކޮށް ސަރުކާރުގެ އިސްތިއުފާދޭން ގޮވާލި ނަމަވެސް ރައީސް ގޮތާބަޔާ ރާޖަޕަކްސާ ވަނީ އިސްތިއުފާދެއްވަން ދެކޮޅު ހައްދަވާފައި އެވެ. އޭގެ ބަދަލުގައި އޭނާ އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން އެއްބަިއވުމަށެވެ.

މިކަމަށް އިދިކޮޅުން ވަނީ ސާފުކޮށް ދެކޮޅު ހަދާފަ އެވެ. އަދި ގޮތާބަޔާ މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރާނެ ކަމަށް ބުނެފައިވެ އެވެ.

މި މަސައްކަތް މިހާރު ފަށާފައިވާއިރު ލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ވަނީ އެ މައްސަލައިގަ މިހާރު ސޮއި ކުރައްވާފަ އެވެ. އެކަމަކު މައްސަލައިގަ ކުރިޔަށް ދާން ނިންމާފައިވާ ގޮތް އަދި ތަފްސީލްކޮށް ހާމައެއް ނުކުރެ އެވެ.

ލަންކާގެ މަޝްރަހަށް ފިނިކަމެއް އަންނާނެ ކަމަށް ބެލެވެނީ ލަންކާގެ ރައީސް ބޮތާބަޔާ އިސްތިއުފާ ދެއްވައި އާ ސަރުކާރެއް އެކުލަވާލެވިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް