ބޮޑު އަދަދަކުން ޓީބިލް ވިއްކަން އަނެއްކާވެސް ހުޅުވާލައިފި

ބޮޑު އަދަދަކުން ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން އަނެއްކާވެސް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ. މިފަހަރު ފިނޭންސް މިނިސްޓްރީން ހުޅުވާލި ޓީބިލްގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގ...

13 Apr 2022 | 08:06

ބޮޑު އަދަދަކުން ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން އަނެއްކާވެސް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިފަހަރު ފިނޭންސް މިނިސްޓްރީން ހުޅުވާލި ޓީބިލްގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 684 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 295 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 205 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 1,1 ބިލިއަން ރުފިޔާގެ ޓީބިލެ ކެވެ.

ޓީބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުންނެވެ.

މިދިޔަ މަހުގެ އިތުރުން ފެބްރުއަރީ މަހުވެސް ފިނޭންސް މިނިސްޓްރީން ވަނީ 1.5 ބިލިއަން ރުފިޔާގެ ޓިބިލް އާއި ދެ ބިލިއަން ރުފިޔާގެ ޓީބިލްތަކެއް ވިއްކަން ހުޅުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް