ފިލިޕިންސްއަށް މެގީގެ ނަމުން ނަން ދީފައިވާ ކޮޅިގަނޑެއް އަރައި މަރުވި މީހުންގެ އަދަދު25 އަށް އަރައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ކޮޅިގަނޑު އަރަންފެށީ ފިލިޕިންސްގެ ދެކުނާއި ހުޅަނގު އައްސޭރިފަށުންނެވެ. މި ކޮޅިގަނޑުގައި އެ ސަރަހައްދަށް ގަޑިއަކު40 މޭލާއި80 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހިފައިވެ އެވެ.
ކޮޅިގަނޑުގައި ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރައެވެ. ވިއްސާރައިގަ މަރުވި ގިނަ މީހުން ފެނިފައިވަނީ ބިންގަނޑު ކަނޑައިގެން ދިޔަ އަވައްތަކުގެ ޗަކަގަނޑުތަކާއި ވެލިގަނޑު ދަށުގައި ފޮރުވިފައިވަނިކޮށެވެ.
މި ކޮޅިގަނޑުގައި އަދިވެސް އިތުރު ބަޔަކު މަރުވެފައިވާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ރެސްކިއު ޓީމުތަކުން މީހުން ހޯދަމުންދާއިރު މައުލޫމާތު އެނގޭ ހަ މީހަކު އަދިވެސް ނުފެންނަ ކަމަށްވެ އެވެ.
ފިލިޕިންސް އަކީ ތޫފާނާއި ކޮޅިގަނޑު އެންމެ ގިނައިން އަރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
މިއީ މިއަހަރު އެ ގައުމަށް އެރި ފުރަތަމަ ކޮޅިގަނޑެވެ. ރިޕޯޓުތައް ބުނާގޮތުގައި މަދުވެގެން އަހަރަކު ފިލިޕިންސްއަށް 25 ކޮޅިގަނޑު އަރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް