ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ރަސްމިއްޔާތުތައް މިއަދު ފެށިއްޖެ އެވެ.
މިއަދު އޮތީ އެމީހުންގެ ދީނުގައި ކައިވެނީގެ ރަސްމިއްޔާތުތަކުގެ ގޮތުގައި ބާއްވާ މެހެނދީ ލުމެވެ. މި ރަސްމިއްޔާތު އޮތީ ރަންބީރުގެ އެޕާޓްމެންޓެއް ކަމަށްވާ ވަސްޓޫ އެޕާޓްމެންޓުގައި އެވެ.
ދެ ފަރާތުގެ އާއިލާއިން މި ކައިވެނި އޮންނަކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ. އެކަމަކު ދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތުތައް މިއަދު ފެށުނުކަން ދޭހަވާފަދަ ބައެއް ޕޯސްޓުތައް އާއިލާގެ މެމްބަރުން ކޮށްފައިވެ އެވެ.
އެގޮތުން ރަންބީރުގެ މަންމަ ވަނީ އޭނާ އާއި މަރުވެފައިވާ ފިރިމީހާ ރިޝީ ކަޕޫރުގެ އެންގޭޖްމެންޓު ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ އެ އީ މީގެ39 އަހަރު ކުރިން1979 ވަނަ އަހަރުގެ އޭޕްރިލް13 ވަނަ ދުވަހު ބޭއްވި އެމީހުންގެ އެންގޭޖްމެންޓުގެ ރަސްމިއްޔާޓު ކަމަށެވެ.
މީގެ އިތުރުން މިއަދު ކައިވެނި ފެށުނުކަން އެނގުނީ އާލިއާ އާއި ރަންބީރުގެ ގެތަކާއި އެޕާތްމެންޓުތައް ނިވިދިއްލޭ ބޮކިން ޒީނަތްތެރިކޮށްފައި ހުރުމާއި އެކު މިއަދު ހެނދުނުން ފެށިގެން މެހެންދީ ރަސްމިއްޔާތު އޮންނަ ރަންބީރުގެ އެޕާޓްމެންޓު ހުންނަ އިމާރާތައް މީހުން ވެއްދުމުގައި އަމަލު ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާތީ އެވެ.
ބޮލީވުޑް ފޮލޯ ކުރާ ބައެއް ފޮޓޯގްރާފަރުން ބުނީ ރަންބީރުގެ އެޕާޓްމެންޓަށް ވަންނަ ހުރިހާ އެންމެންގެ ފޯނުގެ ހުރިހާ ކެމެރާއެއްގައި ސެކިއުރިޓީން ދަނީ ޕެޗު އަޅައި ފޮރުވަމުން ކަމަށެވެ.
https://www.instagram.com/p/CcRro9ioMwY/
ކައިވެނީގެ ހަފްލާތަކުގައި ބައިވެރިވަނީ އާއިލާ އާއި ދެމީހުންގެ ވަރަށް ގާތް މީހުން ކަމަށްވެ އެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ކައިވެންޏަށް ދެމީހުން ނަގާފައި ވަނީ ކުރު ޗުއްޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް