ރައީސް ނަޝީދު އަނެއްކާވެސް ލަންކާއަށް ވަޑައިގެންފި، މިފަހަރު ދަތުރު ދިގުވާނެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންނަވައިފި އެވެ. ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި އެވެ. މިއީ ނަޝީދު އެ ގައުމ...

13 Apr 2017 | 16:42

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންނަވައިފި އެވެ.

ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި އެވެ. މިއީ ނަޝީދު އެ ގައުމުން ހިމާޔަތް ހޯއްދެވި ފަހުން ލަންކާއަށް ވަޑައިގެންނެވި ހަވަނަ ފަހަރެވެ.

ކުރީގެ ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވީ ނަޝީދުގެ މިފަހަރުގެ ދަތުރުފުޅަކީވެސް ލަންކާގައި ތިއްބެވި ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މިފަހަރުގެ ބައްދަލުވުންތަކުގައި އިންޑިއާގެ ބައެއް ބޭފުޅުންނާއިވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މި ބައްދަލުވުންތަކުގައި މިފަހަރު އިދިކޮޅު ގުޅިފައިވާ ޕާޓީތަކުގެ ފޮރިން ރިލޭޝަންސްގެ ބޭފުޅުން ބައިވެރިވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު އެހެން ދަތުރުފުޅުތަކާއި ހިލާފަށް މިފަހަރުގެ ދަތުރުފުޅު ދިގު ދެމިގެންދާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ވީހާވެސް ފުޅާކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދިނުމަށް ބޭނުންފުޅުވެވަޑައިގެންނަވާތީ ކަމަށެވެ.

ނަޝީދު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައްޔަރު ކުރި މައްސަލައިގަ 13 އަހަރު ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސް ފަރުވާއަށް ވަޑައިގެންނެވި ގޮތަށެވެ. ލަންކާ ސަރުކާރުން ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދު އެ ގައުމަށް ވަޑައިގެން ހިންގަވާ ސިޔާސީ ހަރަކާތްތަކަކީ ކަންބޮޑުވާ ކަންތައްތަކެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް