ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ އަމުަރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައި އެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ގާސިމް މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ފެށިނަމަވެސް ކްރިމިނަލް ކޯޓުން މި އަޑުއެހުންތައް ކުރިޔަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ޝަރިއަތަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމްގެ ގާނޫނީ ވަކީލު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ މިއަދު ގާޒީ ނިންމެވީ އިންސާފުވެރި ނިންމުމެއް ކަމަށެވެ. އަދި ގާސިމްވެސް ވަނީ ކޯތުން ނިންމެވި ގޮތަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް