ޕާކިސްތާނަށް ޖަސޫސްކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ މީހަކަށް މަރުގެ ހުކުމް އިއްވައިފި

ފާކިސްތާނަށް ޖަސޫސްކުރިކަމަށް ތުހުތަމު ކުރެވިފައިވާ އިންޑިއާ މީހަކަށް ޕާކިސްތާނުން މަރުގެ ހުކުމް އިއްވައިފި އެވެ. ޕާކިސްތާނުގެ މި ނިންމާއި އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވާނީ ގޯސްވެގ...

13 Apr 2017 | 05:44

ފާކިސްތާނަށް ޖަސޫސްކުރިކަމަށް ތުހުތަމު ކުރެވިފައިވާ އިންޑިއާ މީހަކަށް ޕާކިސްތާނުން މަރުގެ ހުކުމް އިއްވައިފި އެވެ.

ޕާކިސްތާނުގެ މި ނިންމާއި އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވާނީ ގޯސްވެގެން ގޮސްފައެވެ.

އިންޑިއާގެ ނޭވީގައި މަސައްކަތްކުރި ކުލްބުޝަން ޖާދަވް ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް ޕާކިސްތާނުން ކޮށްފައިވާ ތުހުމަތު އިންޑިއާއިން ވަނީ ދޮގުކޮށްފައެވެ. އިންޑިއާއިން ބުނީ ޖަވާދް ޕާކިސްތާނުން ރަހީނުކޮށްގެން ގެންގޮސްފައިވަނީ އޭނާ އޮޕަރޭޝަނެއްގައި އީރާނުގައި ހުއްޓާކަމަށާއި އަދި އޭނާއަށް އިއްވި ޙުކުމަކީ ނުހައްޤުން ނުކުރާކަމަށް އިއްވާފައިވާ ޙުކުމެއްކަމަށެވެ.

ޕާކިސްތާނުގެ ދިފާއީ ބާރުން މިދިޔަ ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ޖާދަވް ހައްޔަރުކުރީ ޕާކިސްތާނު ސަރުކާރާއި ދެކޮޅަށް ޖާސޫސްކޮށް އަދި ރޭވުންތައް ރޭވުމުގައި އޭނާ ބައިވެރިވެފައިވާތީކަމަށެވެ. އަދި މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީގެ، ދަ ރިސާޗް އެންޑް އެނަލަސިސް ވިންގްއިންއާއެކު ޕާކިސްތާންއާށް ޖާސޫސްކުރުމާއި އަދި ޕާކިސްތާނާއި ދެކޮޅަށް ރޭވުންތައް ރޭވުމުގައި ޖާދަވް ބައިވެރިވެފައިވާކަމަށް އޭނާ އަމިއްލައަށް އެއްބަސްވެފައިވާކަމަށެވެ.

ޖާދަވްގެ މައްޗަށްކުރި ތުހުމަތު ސާބިތުވެ އޭނާ މެރުމަށް ޙުކުމް އިއްވީ ޕާކިސްތާނުގެ މިލިޓަރީ ކޯޓަކުންނެވެ. ޖާދަވްގެ ޝަރީޢަތް ކުރިއަށް ގެންދިޔައިރު އިންޑިއާގެ އޮފިޝަލުންނަށް އޭނާއާއި ބައްދަލުކުރުމަށް ޕާކިސްތާނުން ހުރަސްއެޅިކަމަށާއި އަދި މިއީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތެއްކަމަށް އިންޑިއާއިން ބުނެއެވެ. އިންޑިއާއިން ވަނީ ޖާދަވްގެ މައްޗަށްކުރި މި ތުހުމަތު ތަކުރާރުކޮށް ދޮގުކޮށްފައެވެ.

އިންޑިއާގެ ޙާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާނީ ޖާދާވް ހައްޔަރުކުރެވުނު ސަބަބެއް އަދި މިހާތަނަށްވެސް ޕާކިސްތާނުން ސާފުކޮށް ބަޔާކޮށްދީފައި ނުވާކަމަށާއި އަދި އޭނާގެ މައްޗަށް ކުރި ތުހުމަތަށް ސާބިތުހިފޭ އެއްވެސް ހެއްކެތް ދެއްކިފައި ނުވާކަމަށެވެ. އަދި އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފިނަމަ އިންޑިއާގެ ސަރުކާރާއި ރައްޔިތުން މިއީ ގަސްތުގައި ނުބައިރޭވުމެއްގެ ދަށުން އިންޑިއާގެ ރައްޔިތަކު މަރާލުންކަމަށް ދެކޭނެކަމަށްވެސް މި ބަޔާނުގައިވެއެވެ.

ޖާދަވްއަށް ޙުކުމް އިއްވާފައިވަނީ ޕާކިސްތާނުގެ ދިފާއީ ބާރުގެ ޤާނޫނުގެ މާއްދާ 1952 ދަށުންނާއި ސިއްރު ހިފެހެއްޓުމުގެ ޤާނޫނުގެ މާއްދާ 1923 ގެ ދަށުންނެވެ. މި ދެ މާއްދާގެ ދަށުންވެސް ދެވޭ އަދަބަކީ މަރުގެ އަދަބެވެ.

(ސީއެންއެން)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް