ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ އަކީ މިސްރުގެ އީމަން އަހުމަދު 36، އެވެ.
ހިކެންވެގެން މިދިޔަ މާޗްމަހު އޭނާ އިންޑިއާއަށް ދިޔައީ ވަރަށް މަސައްކަތުންނެވެ. ގެއިން ނެރެން ޖެހުނީ އިމާރާތް ހަލަކުކޮށްލައިގެންނެވެ. އިމާރާތުން ބާލަންޖެހުނީ ކެރޭނެއްގެ އެހީގައި އެވެ. އިންޑިއާއަށް ގެންދަން ޖެހުނީ ވަކި ހާއްސަ މަތިންދާ ބޯޓެއްގައި އެވެ.
ތަފާތު އޮޕަރޭޝަންތަކަށް ފަހު މިހާރު އީމާން ވަނީ 242 ކިލޯގްރާމް އޭނާ ގައިން ހިއްކާލާފައި އެވެ. އިންޑިއާއަށް ދިޔަ އިރު އީމާންގެ ގައިގަ 500 ކިލޯގްރާމް ހުއްޓެވެ. ރެކޯޑު ކުރެވިފައިވާގޮތުން އޭނާ އަކީ ދުނިޔޭގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ފަލަ އަންހެން މީހާ އެވެ.
އީމާންއަށް ފަރުވާދޭ ޑޮކްޓަރުންނާއި ހަވާލާ ދީ ތަޖުރިބާކާރުން ބުނެފައިވަނީ އެގޮތަށް ފަލަވަނީ ހަށިގަނޑަށް ނުބަލާ ކެއިން ބުއިމުގެ އާދަތަކާއި ދިރިއުޅުނުގެ އާދަތައް ބަހައްޓާތީ އެވެ. އެވަރަށް ކޮންމެ މީހަކު ފަލަނުވިޔަސް ފަލަވާން ފަށައިފިއްޔާ ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ތިރީގައި އެވާ ކަންކަމަކީ އާންމުކޮށް މީހުން ފަލަވުމަށް ދިމާވާސަބަބުތައް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ރަނގަޅަށް ނުނިދުން:
ރަނގަޅަށް ނިދިލިބޭނެމަަ ހަށިގަނޑު ހުންނާނީ ހޭލާ ހުންނަ ވަގުތައް ވަރަށް ބޮޑަށް ތައްޔާރުވެފައި އެވެ. އެއީ ނިދުމުން ސިކުނޑީގެ ހަމަޖެހި ހަށިގަނޑުގެ ގުނަވަންތަކުގެ ހިނގުން ރަނގަޅުވެ އެވެ.
ރަނގަޅަށް ނިދި ނުލިބޭނަމަ ފަލަވުމުގެ ފުރުސަތު ބޮޑުވެ އެވެ.
އާންމުކޮށް ކާ ބޭސް ގިނަވުން:
މިހާރަކަށް އައިސް ކޮންމެ މީހަކީވެސް ކޮންމެސް ބައްޔަކަށް ދުވާލު ދެ އިރު ނުވަތަ ތިން އިރު ބޭސް ކާން ޖެހޭ މީހުންނެވެ. އާންމުކޮށް ހަކުރު ހުންނަނ މީހުންނާއި، ބޮލުގައި ރިއްސުމާށާއި، ލޭ މައްޗައްދާ މީހުން ކާ ބޭސްތަކަކީ އޭގެ ސަބަބުން ނުރަނގަޅު އަސަރު ހަށިގަނޑަށް ކުރާނެ ބޭސްތަކެކެވެ .ތަޖުރިބާކާރުން ބުނާގޮތުގައ
އާންމުކޮށް މިގޮތަށް ކާ ކޮންމެ ބޭހެއްގެ ސަބަބުން ފަލަވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ވިސްނާ ފިކުރު ކުރުން:
މާބޮޑަށް ވިސްނާ ފިކުރުުރާނަމަ ހަށިގަނޑުގައި ހުންނަ ހޯމޯންސްތައް އުފެދެމުންދާނީ ބޮޑެތިކޮށް ކަމަށްވެ އެވެ. އަދި އޭގެ ސަބަބުން އިތުރަށް ހަށިގަނޑު ފަލަވާގޮތްވެ އެވެ. 2010 ވަނަ އަހަރު އެމެރިކަން ޖާނަލް އޮފް ޕަބްލިކް ހެލްތުން ކުރި ދިިރާސާއެއްގައި ބުނެފައިވަނީ ވިސްނާ ފިކުރު ކުރާ މީހުން އެހެން މީހުންނަށްވުރެ މާ އަވަހަށް ފަލަވާނެ ކަމަށެވެ.
ބޮޑުު ކަމު ދިޔުން:
ދުވާލަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ގަވައިދުން ބޮޑުކަމު ދެވެންވާނެ އެވެ. އަދި ކައި ނިމޭތާ ބައިގަޑިއެއް ނުވަތަ ގަޑިއެއްހާ އިރުތެރޭގައި ބޮޑު ކަމު ދެވެން ވާނެ އެވެ. އެހެން ނޫންމަ ފަލަވުން އަވަސްވާނެ އެވެ.
ގަވައިދުން ބޮޑު ކަމު ނުދެވޭނެ އޭގެ މާނައަކީ ހަޖަމް ކުރުމުގެ ނިޒާމް ރަނގަޅު ނޫންކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ލަފާ ހޯދަންވާނެ އެވެ.
ވިޓަމިންސް މަދުވުން:
ފަލަވާން ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުން ހިމެނެ އެވެ. އޭގެ ތެރޭގައި ވިޓަމިން ޑި، އީ އަދި ދަގަނޑުގެ ބައި ހިމެނޭ ކާނާ ކެއުމުން ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވާލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް